ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވާ ފޮޓޯއެއްކަމަކަށް ނުބުނަން: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކު ގެންގުޅެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ހިޖާމާ ޖައްސަވަން އޮއްވާ ނަގާފައިވާ ފޮޓޯގަނޑެކޭ ނުބުނުއްވާކަމަށް ރައީސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަބަރަކީ އެޑިޓުކޮށްފައިވާ ހަބަރެއް ކަމަށާއި ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި އެ ހެޑްލައިންގައި އެއްވެސް ހަބަރެއް ޝާއިއުކޮށްފައި ނުވާކަން ‘މިހާރު’ ނޫހުންވެސް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އަންހެން ކުއްޖަކާއެކު ރައީސް ސޯލިހު ޒިނޭކުރެއްވި ކަމަށް ތުހުމަތުކުރައްވައި އެކަން ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވި އެވެ.

ނަމަވެސް ރައީސްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތެއް ނޫންކަމަށް ބުނެ މަބްރޫކް ވަނީ މީގެ ކުރިން އެކަން ދޮގުކުރައްވާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: