ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްޕަރު މައްސަލާގައި ސަރުކާރުން ރައްޔިތުންގެ ވިސްނުމާ ދެކޮޅު ނުހަދާނެ: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ދައްޕަރު މައްސަލާގައި ސަރުކާރުން ރައްޔިތުންގެ ވިސްނުމާ ދެކޮޅު ނުހަދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަަރު، އެ ރަށުގެ އިހުތިސާސުން ވަކިކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މަބްރޫކް މިއަދު ވިދާޅުވީ ދައްޕަރުގެ މައްސަލާގައި ރައްޔިތުންގެ ވިސްނުމާއި ސަރުކާރުން ދެކޮޅު ނަހަދާނެ ކަމަށެވެ. އަދި މިހާރު އެކަމާ ގުޅޭގޮތުން ކައުންސިލާއި މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މިހާރު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފަ އެވެ. މިއީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: