ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނުގެ ސަރުކާރުން ދިނީ 22،000 ވަޒީފާ، އެއް ލައްކައެއް ނޫން: މަބްރޫކު

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި 5 އަހަރު ރައްޔިތުންނަށް ދިނީ 1 ލައްކަ ވަޒީފާ ނޫންކަމަށާއި، ވެރިކަމުގައި ދެވުނީ 22،000 ވަޒީފާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގައި މީޑިއާގައި ވާހަކަދައްކަމުން މަބްރޫކު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި 5،600 ވަޒީފާ ދިވެހި ރައްޔިތުންނަށް ދިން ކަމަށެވެ. ސަރުކާރުގެ 3 އަހަރު ނިމި، ކޮވިޑުގެ ބަލިމަޑުކަމުގައި މުޅި ސަރުކާރުގެ ދުވެލި 1 އަހަރަށް މަޑުޖެހިފައި ވީ ނަމަވެސް މި 3 އަހަރުގެ ތެރޭގައި 11،160 ވަޒީފާ ތައާރަފު ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުން 5 އަހަރު ދުވަހުގެ ތެރޭގައި 1 ލައްކަ ވަޒީފާ ރައްޔިތުންނަށް ދިން ކަމަށް ބުނާ ބުނުން މަބްރޫކު ވަނީ ދޮގުކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި 2014 ވަނަ ރާއްޖޭގައި ނެގި ސެންސަސް އިން، މުޅި ދިވެހިރާއްޖޭގެ ވޯކްފޯސްގައި ޖުމްލަ 205،000 މީހުން ތިބި ކަމަށް ތަފާސްހިސާބުން ދައްކައެވެ. ރައީސް ޔާމީން، ވެރިކަމުގައި ހުންނަވައި 1 ލައްކަ ވަޒީފާ ދިން ނަމަ، މިއަދު ވަޒީފާ ނުތިބޭނެ ބަޔަކު ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރައީސް ޔާމީން ސަރުކާރުގެ ވެރިއެއްގެ މަގާމާއި ހަވާލޔވެ ވަޑައިގަތް އިރުވެސް، ރާއްޖޭގެ 90،000 މީހުން ވަޒީފާގައި ތިބި ކަމަށް ވިދާޅުވެފައެވެ.

ޕެންޝަން އޮފީހާއި، ސެންސަސް ގެ މި ތަފާސްހިސާބުތަކުގެ އަލީގައި ހެކި ދައްކަމުން މަބްރޫކު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުގައި ހުންނަވައި ރައްޔިތުންނަށް ދެވުނީ 22،000 ވަޒީފާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަން ކުރެއްވި 5 އަހަރަކީ ދިވެހި އިގްތިސޯދު އެންމެ ފާގަތި 5 އަހަރުކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އިދިކޮޅުން ބޭއްވި ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ 104،000 ވަޒީފާ ފަސް އަހަރުތެރޭ އުފައްދާފައިވާނެކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރަށް އެކަށީގެންވާ އަދަދަކަށް ވަޒީފާ އުފެއްދުމަށް މަސައްކަތް ނުކުރެވޭކަމަށް ވިދާޅުވެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: