ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބިއްޖެ ނަމަ މަރަށް މަރު ހިފާނަށް: އުމަރު

ޝެއާރކޮށްލާ ކަހަލަދޯ؟

އެބޭފުޅުންނަށް ވެރިކަން ލިބިއްޖެނަމަ މަރަށް މަރު ހިފާނަށްކަމަށް ކުރީ ސަރުކާރުގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަބްގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އަމަންއަމާންކަން ގާއިމް ކުރުމާއި، އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅޫވީ، ހަގީގަތުގައި މަރަށް މަރު ނުހިފޭ ސަބަބކީ ގައުމުގެ ވަލީލއުލްއަމްރުކަމަށެވެ. އަދި ގިސާސް ހިފުމަކީ ގިނަ މަޝްވަރާތަކެއް ކުރަންޖެހޭކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު ވިދާޅުވަނީ އެކަމުން ރެކެންކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ ހުކުމް ތަންފީޒް ނުކުރެވެނީ ހުޅަނގުގެ ކޮންސެޕްޓްއަށް ތަބާވާތީކަމަށް އުމަރު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތް ތަންފީޒް ކުޜާ ވާހަކަދެއްކުމުން ރާއްޖޭގެ ރައްޔިތުންވެސް ބިރުގަންނަކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތަކީ މީހުންގެ އަތްކެޑުމާއި މީހުން ގަތުލުކުރުމާއި ތަންތަނުން މީހުން ވައްޓާ ރަޖަމް ކުރުން ނޫންކަމަށެވެ.

“މީހުންނަށް ހީވޭ މިއޭ އިސްލާމީ ޝަރީއަކީ، އަސްލު އެއީ މުޅީން ކުއްހީއެއް. މި ވާގޮތަކީ އިސްލާމީ ޝަރީއަތް ހަޑިކޮށް ހަރާބުކޮށްލުމަށްޓަކައި ހުޅަނގުގެ ގައުމުތަކުންނާއި އެހެން ގައުމުތަކުންވެސް ފިލްމް ހެދުމާއި ޑްރާމާ ހެދުމާއި މިކަންކަން ކުރޭ، ވެސްޓާން މީޑިއާ ވަރަށް ބޮޑޫ ރޯލެއް ކުޅޭ” އުމަރު

އަފްގާނިސްތާނު ފަދަ ގައުމުތަކާއި އަސިސްފަދަ ބޭރުގެ ޖަމާއަތްތަކުން އިސްލާމީ ޝަރީއަތުގެ ނަމުގައި ކުޜާ ކަންތައްތަކަކީ ރައްޔިތުން އިސްލާމީ ޝަރީއަތްދެކެ ބިރުގަންނަ ސަބަބުކަމަށް އުމަރު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތަކީ މާ “ޕާފެކްޓް” ނިޒާމެއްކަމަށާއި މިފަދަ އަދަބެއް ދެވޭނީ ވަރަށް ގިނަ މަރުހަލާތަކަށް ފަހުގައިކަމަށް އުމަރު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ޝަރީއަކީ މީޙުން މަންޒަރު އެދައްކާފަދަ “ޑާޓީ” އެއްޗެއް ނޫންކަމަށާއި ބައެއް ފަރާތްތަކުން ކޮންސެޕްޓް އޮޅުވާލަނީކަމަށް އުމަރު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ ދަށުން ގިސާސް ހިފާފިނަމަ ގިނަ ރަނގަޅު ނަތީޖާތރަކެއް ނިކުންނާނެކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ ދިވެހިރާއްޖެއަކީ އަމާން ގައުމަކަށް ބަދަލުވެގެންދާނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އުމަރު ނަސީރަކީ މަރަށް މަރު ހިފުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެ ލަފާ ރައީސް ޔާމީނަށް އެރުވުމުން އެމަނިކުފާނު ދެއްވި ޖަވާބަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރުމުން އުމަރު ވިދާޅުވީވެރިކަމަށް އައުމަށްޓަކަިއ ގައުމުގެ ވެރިން ގިސާސް ހިފާނެކަމަށް ވައުދު ވީ ނަމަވެސް އެ ހިތްވަރު ވެރިކަމަށް ވަޑައިގަތުމުން ނުލިބޭކަމަށެވެ. އޭނާ ފާހަގަކުރެއްވީ މަރަށްމަރު ހިފުމަކީ ރައީސް ޔާމީންވެސް ތާއީދު ކުރެއްވިކަމެއްކަމަށާއި، ނަމަވެސް އެކަން ނުކުރެވުނުކަމަށެވެ.

“ކޮންމެ ކަމަކާއިވެސް ދެކޮޅު މީހުން ތިޭނެ ދުނިޔޭގެ، އެގޮތުން މަރުގެ އަދަބާއި ދެކޮޅު މީހުންވެސް ތިބޭނެ، ތިބޭނެ ގަސް ކެޑުމާއި ދެކޮޅު މީޙުންވެސް، އެއްވެސްކަމެއް ދުނިޔޭގަ ނޯންނާނެ ހުރިހާ އެންމެން އެއްބަސްވާކަމެއް” އުމަރު 

މަރުގެ ހުކުމް ތަންފީޒް ކުރާ ވާހަކައާއި ތަންފީޒް ނުކުރުމުގެ ސަބަބުން ވާނެ ގެއްލުންތަކުގެ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ، މާލޭގައި ރަހުމު ކުޑަ ގޮތަކަށް 22 އަހަރުގެ ޒުވާނަކު މަރާލުމާއި ގުޅިގެންނެވެ. އާންމުގެ އިތުރުން ސިޔާސީ އިސް ފަރާތްތަކުންވެސް އަންނަނީ ގާތިލަށް ހައްގު އަދަބު ދޭން ގޮވާލަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އުމަރުނަސީރު މަރަށް މަރުހިފަން ގަޓްހުންނާނެ ކެރިލަށްވާނެ ވަރަށް ވަރަށް ސާފް އިނގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: