ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕްގެ ތުހުމަތު ކުރެވުނު މީހާ އެކަން ދޮގުކޮށްފި

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕްކުރިކަމަށްބުނެ އަންހެނަކު ސޯޝަލް މީޑިއާގައި ކުރި ތުހުމަތުތައް، އެ ތުހުމަތު ރައްދުވާ ފިރިހެންމީހާ ދޮގުކޮށްފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން އަންހެން ކުއްޖާ ޓުވީޓެއްކޮށް ބުނީ މި މަހުގެ ފަސް ވަނަ ދުވަހު މަލޭގައި 08 މީހުންގެ ގުރޫޕެއްގެ އެއްވުމަކަށް ފަހު އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ އެހެން ކުއްޖަކު ގެޔަށް ލާން ދިޔަ ވަގުތާއި ދިމާކޮށް އެތަނުގައި އެވަގުތު އިން ފިރިހެނަކު އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ އެ ޕޯސްޓުގައި ފިރިހެން މީހާގެ ޕޯސްޓު ޖެހުމަށް ފަހު، އަންހެން މީހާ ބުނީ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދޭން ވަނީ އެދިފަ އެވެ.

މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ހުށަހަޅާފަވާތީ، އެކަން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެ އެވެ. ނަމަވެސް އެ ތުހުމަތުތައް ކުރެވުނު މީހާ އެކަން ދޮގުކޮށް ބުނީ، އޭނާއަކީ އެފަދަ އަމަލެއް ހިންގާނެ މީހެއް ނޫންކަން ގާތް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.

ފިރިހެން މީހާ ބުނީ، އޭނާ އާއި ގުޅުމެއް އޮތް އެއްވެސް މީހެއްގެ ގައިގައި ނުރުހުމުގައި ގައިގައި އަތް ވެސް ޖައްސާފައި ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ރޭޕް ކުރުމާއި ދެކޮޅު މީހެއްކަމަށް ވެސް ބުންޏެވެ.

“އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް އެނގޭނެ އަހަރެން އެފަދަ ކަމެއް ނުކުރާނެކަން އަދި އެފަދަ މާޒީއެއް ވެސް ނޯންނަކަން” ރޭޕްގެ ތުހުމަތު ކުރެވުނު މީހާ ކުރި ޓުވީޓުގައި ލިޔެފައިވެއެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދާއިރު، މި ހާދިސާގައި މިހާރު ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ވެސް ދަނީ ދެކެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: