ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރުން، ރޭޕު ކޭސްތަކަށް ނުފޫޒު ފޯރުވާ: އާދަމް ޝަރީފް

ޕީއެންސީގެ ޕީގީ ލީޑަރު އާދަމް ޝަރީފް އުމަރު ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ރޭޕު ކޭސްތަކާއި، ކުޑަ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވަމުންދާކަމަށް، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރަށް ބޮޑު ތުހުމަތު ތަކެއް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ރޭޕު ކޭސް އަދި ކުޑަ ކުދިންނަށް ކުރާ ފުރައްސާރައިގެ މައްސަލަތަކުގައި ސަރުކާރާއި ގުޅުން ހުރި ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭނަމަ، ނުވަތަ ސަރުކާރުގެ ފަރާތެއްގެ މަސްލަހަތު ހިމެނިފައިވާނަމަވެސް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެކަމަށް ނުފޫޒުތަކެއް ފޯރުވާކަމަށެވެ.

ރ މަޑުއްވަރީގައި މީގެ އަހަރެއްހާ ދުވަސް ކުރިން 14 އަހަރުގެ އަންހެން ކުއްޖަކު، ގިނަ އަދަދެއްގެ މީހުން ޝާމިލުވާ ގޮތަށް ގަދަ ކަމުން ރޭޕުކޮށްފައިވާ މައްސަލަ، މިވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. މި މައްސަލަ އެންމެ ފުރަތަ ފެންމަތިވުމާއި އެކު މަޑުއްވަރީގެ ރައްޔިތުންވަނީ އަޑު އުފުލައި މުޒާހަރާތަކެއްވެސް ކޮށްފައިއެވެ.

މަޑުއްވަރީގައި ހިނގައިދިޔަ ރޭޕްގެ މައްސަލަ މިފަހަރު ފެންމަތިވެގެން އައި އިރު، މިކަމުގައި ސަރުކާރުގައި ހިމެނޭ ގިނަ ފަރާތްތަކެއްގެ މައްޗަށް، މައްސަލައަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކް ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކުރެވޭ އޯޑިއޯ ރިކޯޑިންގއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އެހެން ނަމަވެސް އެ އޯޑިއޯ ފައިލްގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވެއެވެ.

ދައުރުވަމުންދާ އޯޑިއޯއާއި ގުޅިގެން މިނިސްޓަރު ފައްޔާޒާއި ސަންގުޓީވީން ސުވާލުކުރުމުން، ފައްޔާޒު ވިދާޅުވީ، ބަޔަކު މީހުންގެ އަގު ވައްޓާލުމުގެ މަގުސަދުގައި ކޮންމެ ފަރާތަކަށްވެސް އެފަދަ ރިކޯޑިންގއެއް ހެދުމަށް ފަހު ލީކު ކުރެވިދާނެކަމަށެވެ. އެހެން ނަމަވެސް އެނާ އާއި، މި ވަގުތު ދައުރުވަމުންދާ އޯޑިއޯގައި ދެކެވިފައިވާ ވާހަކަތަކާއި އެއްވެސް ގުޅުމެއް ނުވާކަމަށާއި، މީޑިއާ ތަކުން މިފަދަ އޯޑިއޯތަކުގައި ހުންނަ ވާހަކަތައް ޝާއިއު ކުރުމުގެ ކުރިން ސައްހަކަން ކަށަވަރުކުރުމަށް، ތުހުމަތު ކުރެވޭ ފަރާތަކުގެ ބަސް ހޯދުން މުހިންމު ކަމަށްވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އިސް ފަރާތްތަކެއް، ރޭޕުގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކުރެވޭ، އޯޑިއޯ ރިކޯޑިންގއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި މައްސަލައާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަށް ފޮނުވާފައިވާ ސިޓީއެއްވެސް ދައުރުވަމުންދެއެވެ.

މަޑުއްވަރީ ރޭޕުގެ މައްސަލައިގައި، ފުލުހުންގެ މުއައްސަސާއިން އެޑިއުކޭޝަން މިނިސްޓަރަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީގައި ފާހަގަކޮށްފައިވާގޮތުން، މި މައްސަލައިގައި އަނިޔާތައް ލިބިފައިވާ ކުއްޖާވަނީ ތުހުމަތު ކުރެވޭ މުދައްރިސު އެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ބުނެފައެވެ. އެހެންކަމުން އެ މައްސަލައިގައި އެ ފަރާތުގެ ޝާމިލުވުމެއް ވާހަކަމަށް ތަހުގީގަށް ބެލެވޭކަމަށާއި، މައްސަލައިގައި ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް، ފާހަަގަކޮށްފައިވެއެވެ.

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވެއެވެ. ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ މަޑުއްވަރީއަށް ނިސްބަތްވާ އެ ރަށު ސްކޫލުގެ ޓީޗަރު މުއީން ހަސަނެވެ. އޭނާއަކީ މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އަދި ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ވެސް ކިޔަވައިދޭ ޓީޗަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: