ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑިއޯއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި އާޓިސްޓަކަށް 15 އަހަރުގެ ހުކުމެއް!

ސްޓޫޑިއޯއެއްގައި ރޭޕްކުރި މައްސަލައިގައި 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ފާއިޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އާޓްސް އެންޑް މިއުޒިކާއި ބެހޭ ކަންތަކަށް ހިންގި ސްޓޫޑިއޯއެއްގައި 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށް ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ އަކީ އެންމެ ފުރަތަމަ 2018 ވަނަ އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާގައި ފެންމަތިވެގެން އައި މައްސަލައެކެވެ. އަދި އެ މައްސަލަ ތުހުމަތުވީ އޭރު ވެރިކަން ކުރާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ކޮއްކޮއެއްގެ މައްޗަށެވެ. އަދި އެކަން ސިއްރު ކުރަން އުޅޭކަމަށް ބުނެ ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ވެސް ދެކެވުނެވެ.

އަންހެން މީހާ ރޭޕް ކުރި މައްސަލައިގައި ހުކުމް އިއްވާފައި ވަނީ ގދ. ތިނަދޫ ހުޅަނގުގޭ، ހަސަން ފާއިޒުގެ މައްޗަށެވެ. ފާއިޒު އެ އަންހެން މީހާ ރޭޕްކުރީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް ދިއުމުންނެވެ.

ރޭޕް ކުރުމާއި، ޖިންސީ ގޯނާގެ މައްސަލަތައް އަދި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އަދި މައްސަލަތަކުގެެ ހުކުމް ދަށު ކޯޓުން ވެސް އާއްމު ނުކުރެއެވެ. އެހެން ކަމުން މި މައްސަލައިގެ ހުކުމް ފިޔަވާ އިތުރު ތަފްސީލެއް ނުލިބެއެވެ.

މި މައްސަލަ ރިޕޯޓުކޮށް އޭރު ބައެއް މީޑިއާތަކުން ބުނެފައިވަނީ، ރޭޕްކުރުމަށް ފަހު، އެކަން ސިއްރު ކުރަން އަންހެން މީހާއަށް ފާއިޒު ފައިސާ ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ ފައިސާ ގަބޫލު ނުކޮށް، މައްސަލަ ފުލުހަށް ހުށަހެޅީއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރޭޕް ކުރުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ. ރޭޕްކޮށްފި ނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނައެވެ. އަދި އެ އަމަލު ހިންގުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފި އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: