ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީ 2.65 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖުލައިމަހު މީރާއަށް 2.65 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެ އަދަދަކީ ޖޫންމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 84.1 އިންސައްތަ އިތުރު އަދަދެއްކަަމަށް މީރާއިން ބުނެފައިވެއެވެ.

މީރާއަށް ޖުލައިމަހު 2.65 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރަުގެ ޖުލައިމަހުގެ  އާމްދަނީއަށްވުރެ 311.8 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖުލައިމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއްސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މި ޖުލައި މަހު އާމްދަނީ ބޮޑުވެފައިވަނީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައިމަހުގައި ހިމެނިފައިވާތީ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރު އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށައެޅުމުގެ ސުންގަޑި ހިމެނިފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

ހުސްވި ޖުލައިމަހު 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެެއް ކަމުގައި މީރާއިން މައުލޫމާތު ދީފައިވެއެވެ.

ހުސްވި އަހަރު ލީސް ޕީރިއަޑް އެކަޝަންފީ ލިބިފައި ނުވާކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފާއިތުވެދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު މިއަހަރު 97.4 އިންސައްތައަށް އިތުރުވެފައިވުމަކީ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައި މީރާއިން ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ އާމްދަނީގެ 48.1 އިންސައްތަ ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ.  އެއަށްފަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިން ނެވެ. އެއީ 21.8 އިންސައްތަ ނުވަތަ 577.79 މިލިއަން ރުފިޔާއެވެ.

އެކްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކްސްތަކާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޖުލައިމަހު މީރާއަށް 79.60 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: