ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކުހުގެ 128 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބޭ!

ނޮވެންބަރު މަހު މީރާއިން 1.24 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 128 ބިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތަށް ނުލިބި ވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރާއި ލިޔުމުން ކުރާ ސުވާލުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ އަރިހުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އައްސަވާފައިވަނީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ތައާރަފުކުރި ތާރީހުން ފެށިގެން 2021 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ވަކި ރަށްރަށާއި އަތޮޅުތައް ސާފުވާނެގޮތައް، ސާފުކޮށްދެއްވުމަށެވެ. އަދި އެފައިސާ ހޭދަކޮށްފައިވަނީ ކޮންކަމަކައްތޯ ނުވަތަ ކޮން މަޝްރޫއަކަށްތޯ އިބްރާހީމް ރަޝީދު ސުވާލުކުރެއްވިއެވެ.

އޭގެ އިތުރުން ސުވާލުކުރައްވާފައިވަނީ މިހާތަނަށް ޓީޖީއެސްޓީ ގްރީން ޓެކްސްގެ ގޮތުގައި ނުލިބި ހުރި ޖުމްލަ ފައިސާގެ އަދަދަކީ ކޮބައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ވަކި ވަކި ޓެކްސް ދައްކާ ފަރާތްތަކުގެ މައުލޫމާތަކީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން ބަލަހައްޓަމުންދާ މައުލޫމާތުކަމަށްވާތީ، މެންބަރު އެދިވަޑަިއގެންފައިވާފަދައިން، އަތޮޅާއި ރަށް އެގޭނޭހެން ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އާމްދަނީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހޯދާފައިވާނީ މީރާއިންކަމަށެވެ. އަދި ޖީއެސްޓީ އަދި ގްރީން ޓެކުހާއި ގުޅިގެން މީރާއިން ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ޓެކްސް ދައްކާ ހަރަކާތުގެ ލެވެލްއަށް ރިޓްރީޓް ކުރެވެނީ އެ ފަރާތްތަކުން ރިޕޯޓްކުރާ ޓެކުހުގެ މިންވަރުކަމުގައި އެ އޮތޯރިޓީއިން މައުލޫމާތު ދީފައިވާކަމަށެވެ.

އެގޮތުން ގުރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 2019 ވަނަ އަހަރުން ފެށިގެން ޖަމާކުރަނީ ގްރީން ފަންޑަށްކަމަށެވެ. އަދި އެ ފަންޑަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި، ފަންޑުން ކުރާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުންނާނެކަމަށެވެ.

ޖީއެސްޓިގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ޖަމާވަނީ ޕަބްލިކް ބޭންކް އެކައުންޓަށްކަމަށްވުމާއިއެކު، އެ ފައިސާގެ އިތުރުން، ގްރީން ފަންޑު ގާއިމްކުރުމުގެ ކުރިން، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސާވެސް ހޭދަކޮށްފައިވަނީ ހޭދަކުރަމުންދާނީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ހަރަދުތައް ކުރުމަށްކަމަށް ވިދާޅުވެފައިވެއެވެ.

31 އޮގަސްޓް 2022 ގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ނުލިބި 632 މިލިއަނަށްވުރެ ގިނަ ފައިސާ ނުލިބިވާއިރު، ޖޫރިމަނާގެ ގޮތުގައި 249 މިލިއަނަށްވުރެ ގިނަ ފައިސާ ނުލިބިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 128 ބިލިއަނަށް ވުރެ ގިނަ ފައިސާ ނުލިބިވާއިރު، އޭގެ ތެރެއިން 42 މިލިއަނަށްވުރެ ގިނަ ފައިސާ އަކީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: