ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ހުއްދަ ހޯދަން އަލުން ހުށަހަޅަނީ!

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ބޭންކަށް “އިވޯލްވް” އަށް ބޭންކިން ލައިންސަންސް ހޯދުމަށް އަލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އިވޯލްވްގެ ބޭންކިން ހުއްދައަށް އެދި ހުށަހަޅާނެ ކަމަށެވެ. އަދި, ލައިސަންސް ލިބުމުން ހަ މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

މީގެ ކުރީގައި އެސްޓީއޯގެ ފަރާތުން ޑިޖިޓަލް ބޭންކިން ހުއްދައަށް އެދި ހުށަހެޅީ، 2021 ވަނަ އަހަރުއެވެ. މި ހުއްދަ ނުދޭން އެމްއެމްއޭއިން ނިންމީ އެ އިދާރާގެ ޓެކްނިކަލް ޓީމަކުން މި ހުށަހެޅުން ދިރާސާކުރުމަށް ފަހު ހުއްދަ ނުދޭން ބޯޑަށް ލަފާއެރުވުމުންނެވެ.

އެސްޓީއޯއިން ވަނީ ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރުމަށް، އިވޯލްވްއަށް ބޭންކިން ހުއްދަ ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭގައި އެދިއެވެ. ނަމަވެސް ޓެކްނިކަލް އިވެލުއޭޝަނުން ހުށަހެޅުން ފެއިލްވުމާ ގުޅިގެން އެސްޓީއޯއަށް ބޭންކިން ހުއްދަ ނުދޭން އެމްއެމްއޭގެ ބޯޑުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: