ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްޓާ ރައީސް ނަޝީދަށް: ފައްޔާޒް މޮޅުވެއްޖެކަމަށް ގަބޫލުކޮށް އިސްތިއުފާދީ!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލްގެ ކިބައިން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދުމުން ނޮޅުވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެެވެ.

ފައްޔާޒާއި ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ކުއްލިގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖެއްގައި ވަނީ، ބޭނުންވަނީ ފައްޔާޒާއި އެކު މަސައްކަތް ކުރުމަަށްކަމަށެވެ. އަދި ފައްޔާޒަށް ފާޑު ކިޔައި ދެކޮޅުވެރިވެވުނީ ވަކި މީހެއްގެ އަވައިގައި ޖެހިގެން ކުރެވުނު ކަމެއްކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ އެކަމަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެމަނިކުފާނު ލައްވާ ކުރުވި ކަމެއްކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ފާޅުކަން ބޮޑު ގޮތެއްގައި ފައްޔާޒަށް ފާޑުވިދާޅުވި އެވެ. އެގޮތުން ޕާޓީ ތެރޭގައި ބްރޯ ހެދިގެން ނޫޅުމަށް ގޮވާލުމާއި، ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭނެ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވުން ހިމެނެ އެވެ. އަދި ފައްޔާޒަކީ އެމްޑީޕީ ހަލާލުކޮށްލައި، ޕާޓީ ހިސޯރު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ކުއްލި ގޮތަކަށް އެމަނިކުފާނުގެ ހިޔާލުފުޅު ބަދަލުކުރެއްވުމުން މުހައްމަދު ނަޝީދު އަބްދުﷲ މިކަންތައް ސިފަކުރައްވާފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފާނެކަމުގައި ބިރުގައި ހުންނެވިކަމަށެވެ. ޓުވީޓުގައި ރައީސް ނަޝީދަށް ޓެގު ކުރައްވާ ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ބަދުވެސް އިއްޒަތާ މަގާމަށް އުޅުނު މީހެއްކަން މިއަދު ހުރިހާ ދިވެހި ރައްޔިތުންވެސް ދަންނާނެކަމަށެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ހުންނަވާ ގެކޮޅު މުރައިދޫގެއިން އެމަނިކުފާނު ނިކުންނަން ދެން މާ ގިނަ ދުވަހެއް ނެތްކަމަށް ވިދާޅުވެ މޮސްޓާގެ ޓުވީޓުގައި ވަނީ ފައްޔާޒް މޮޅު ވެއްޖެކަމަށް ގަބޫލުކޮށް ރައީސް ނަޝީދަށް އިސްއުފާދޭން ގޮވާލާފައެވެ.

ފައްޔާޒް އިސްމާއީލްގެ ކިބައިން ރައީސް ނަޝީދު މައާފަށް އެދުމުން ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެގޮތަށް އެމަނިކުފާނު ވާހަކަދެއްކެވީ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވާ މުހިންމު ހުށައެޅުންތަކާއި އިސްލާހުތަކަށް ތާއީދު ހޯދެއްވުމަށްކަމަށެވެ. އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމާއި ބެހޭ ބަހުސް އާއި، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެއް ބުރުން ގައުމުގެ ރައީސްކަން ކުރެވޭ އުސޫލެއް އެކުލަވާލުމަށް 30 އިންސައްތައިން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތުގެ ހުށައެޅުންތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: