ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތު ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެންޓި ކަރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި ކަރަޕްޝަން ކޮމިޝަން ބިއުރޯއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިކަމުގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ވާރޗުއަލްކޮށެވެ.

މި ބައްދަލުކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި އެންޓި ކޮރަޝަން ކޮމިޝަންގެ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަގްވާމީ ގައުމުތަކާގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ބުރޫނާއީ އަކީ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެެއިން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް އެ ގައުމުގެ ރައްޔިތުންނާއި ގުޅިގެން ކުރާ ގައުމެއްކަން ފާހަގަކޮށް އެކަމުން އޭސީސީ އަށް ތަފާތު ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބުރޫނާއިގެ އެންޓިކޮރަޕްޝަން ބިއުރޯގެ ވެރިޔާ ހާޖާ އަނީފާ ބިންތި ހާޖީ އަބްދުލްޣަނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ބުރުނާއީ ފަދަ ކުދި ގައުމުތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުން އެއް ގައުމު އަނެއް ގައުމަށް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވައި އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު މިފަދަ ގޮތަކަށް ބައްދަލުވެ މަޝްވަރާކުރެވިގެން ދިއުމަކީ މުހިއްމުކަެއް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އޭސީސީން އެދުނު ފަދައިން އެގައުމުން އަމަލުކުރާ އުސޫލުތައް ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެފަރާތް ގުޅިގެން އެކުގައި މަސައްކަތް ކުރުމާއިގުޅޭގޮތުން މުހިއްމު ފިޔަވަޅެއްގެ ގޮތުން އެގައުމަށް ދަތުރުފުޅެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމަށް ބުރުނާއީ އެންޓި ކޮރަޕްޝަން ބިއުރޯގެ ފަރާތުން ވަނީ ދައުވަތު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: