ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރ.އުނގޫފާރާއި މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރަން 120 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްބޯޓަރ އާއި 110 މީޓަރުގެ  ބޮޑުހިލައިގެ ގްރޮއިން ގާއިމްކޮށް ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 343.03 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި 539.9 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖަހައި ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރާނެއެވެ. މިއީ 450 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: