ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫގައި ޖަހާފައިވާ ރިވެޓްމެންޓް އައުކުރުމުގެ މަސައްކަތް ފަށައިފި

ކޮމަންޑޫގައި ޖަހާފައިވާ ރިވެޓްމެންޓް އައު ކުރުމުގެ މަޝްރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ ކޮމަންޑޫގައި ޖަހާފައިވާ ރިވެޓްމެންޓް އައު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ ށ ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އައު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ށ ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނޭކަމަށެވެ.

މީގެ އިތުރުން 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އަކީ 249.90  މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: