ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ރޫޓިން ޗެކަޕެއް ހެދުމަށްޓަކައި ދަރުމަންވަންތަ ހޮސްޕިޓަލުގައިކަމަށާއި ހާލުކޮޅު ރަނގަޅުކަމަށް ޕާޓީގެ ތަރުޖަމާނު އަލީ ސާލހު ވިދާޅުވެއްޖެއެވެ.
ގާސިމް ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ހާލު ސީރިއަސް ވެގެން ޑޮކްޓާރުންގެ ޓީމެއް މާލެ އިން އެރިސޯޓަށް ގޮސްފައިވާކަމަށް މީސް މީޑީއާގައި ވަނީ ޚަބަރު ފެތުރިފައެވެ.
މިކަމާއި ގުޅޭގޮތުން މިއަދު އިތުރު ތަފްސީލްދެއްވަމުން އަލީ ސާލިހު ވިދާޅުވީ، އޮނަރަބަލް ގާސިމް އިބްރާހީމް ރޫޓިން ޗެކަޕެއް ހެއްދެވުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެބަ ހުންނެވިކަމަށެވެ. ގާސިމްގެ ހާލު ރަނގަޅުކަމަށް ފާހަގަކޮށް އަލީ ސާލިހު ވިދާޅުވެފައިވަނީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅަކަށް ކުރިން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މިހާރު އުމުރުފުޅުން 70 އަހަރުގެ ގާސިމް ފާއިތުވި ދެއަހަރެއްހައި ދުވަހު އާއްމުކޮށް ދިރިއުޅުއްވާފައި ވަނީ ސަން އައިލެންޑް ރިސޯޓްގައެވެ. އެއީ ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ.
ގާސިމަކީ އުމުރުގެ ގޮތުންނާއި އަދި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅަކަށް ވުމުން ކޮވިޑްގައި ހާލު ބޮޑުވުމުގެ ފުރުސަތު އޮތް ބޭފުޅަކަށް ވުމުން މާލެ އިން ބޭރުގައި ދިރިއުޅުއްވަނީ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

