ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ނިޒާމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފި

އެސެޓް ރިކަވަރީ ނިޒާމު އެކުލަވާލުމަށް ބޭއްވި ވޯކް ޝޮޕުގެ ތެރެއިން: ފޮޓޯ/ އޭސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފިއެވެ.

އެސެޓް ރިކަވަރީއަށް ބޭނުންވާ މަގުޗާޓު އެކުލަވާލާފައިވަނީ، އޭސީސީއިން އެކަމަށް އެކުލަވާލާފައިވާ ފަންނީ ކޮމިޓީގެ މެމްބަރުން ކުރިއަށް ގެންދިޔަ ތިން ދުވަހުގެ ވޯކްޝޮޕެއްގެ ތެރެއިންނެވެ. މި ވޯކްޝޮޕުގެ ތެރެއިން ފަންނީ ކޮމިޓީއިންވަނީ އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގާއިމު ކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައި، އެ މަސައްކަތްތައް ކުރާނެ އިދާރާތައް ދެނެގަނެ، ކުރާނެ މަސައްކަތްތަކާއި، އެކަމަށް ހޭދަވެގެންދާނެ މުއްދަތުވެސް ކަނޑައަޅާފައެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވެފައިވާގޮތުން، އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ފެށުމަށް، ފަންނީ ކޮމިޓީގެ މެމްބަރުން ކޮށްފައިވަނީ، ތާރީހީ މަސައްކަތެކެވެ. އަދި މަގުޗާޓު އެކުލަވާލުމާއިއެކު، އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު އެކުލަވާލުމަށް ބޭއްވި ވޯކްޝޮޕްގެ މަސައްކަތު ބައްދަލުވުމުގައި އޭސީސީގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަސްލަހަތުވެރިންގެ ގޮތުގައި ބައިވެރިވެއެވެ.

ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: