ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ވައުދުތަކަކީ، ފަލަމަޑީގެ ބާވަތެއް: މުހައްމަދު މުސްތަފާ

މެމްބަރު މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ފުއްދައިދޭން ވިދާޅުވި ވައުދުތަކަކީ، ފަލަމަޑީގެ ބާވަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށި މުސްތަފާ) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ފާހަގަކުރައްވާ، މުސްތަފާ ވިދާޅުވީ، އެ މަނިކުފާނުގެ ވައުދުތައް ހުންނަނީ އަޑިއަށް މޫ ލާފައިކަމަށެވެ. އަދި އެ ވައުދުތައް އެންމެ އެއް ގޮތީ ފަލަމަޑީގެ ބާވަތްތަކާއި ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހު އެތައް ހާސް ފްލެޓުތަކެއް އެޅުއްވުމަށް ވައުދުވެފައިވާކަމަށެވެ. އެހެން ނަމަވެސް އެންމެ ތަނެއްވެސް މައްޗަށް އަރާ މަންޒަރު ނުފެންނަކަމަށް މުސްތަފާ ވިދާޅުވިއެވެ.

ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު އަޅުއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން، މުސްތަފާ ވިދާޅުވީ، އެ ރަށުގައި އެޅުމަށް ވިދާޅުވި، ހަައުސިން ޔުނިޓުތަކަކީ، ރައްޔިތުންނަށް ދައްކައިގެން އުޅޭ “ނުބައި ހުއަފެނެއްކަމަށެވެ.

މުސްތަފާ ވިދާޅުވީ، ތިމަރަފުއްޓަކީ، ރައީސް ސާލިހު ހަސަދަވެރިވާ ރަށެއްކަމަށެވެ. އަދި މަގުތައް ހަދާނެކަމަށް އެ މަނިކުފާނުވަނީ ވިދާޅުވެފައިކަމަށާއި، އެހެން ނަމަވެސް އެ ރަށަކީ، އުދަ އެރުމުން، ފެން ބޮޑުވާ ރަށަކަށް ވީއިރުވެސް، ރައީސް ސާލިހުގެ ސަރުކާރުން ތިމަރަފުށީގެން ހާލަތު ރަނގަޅު ކުރުމަށް އެއްވެސް ފިޔަވަޅުތަކެއް ނުނަންގަވާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

މުސްތަފާގެ ފާޑުކިޔުންތައް ރައީސް ސާލިހާއި، ސަރުކާރަށް އަމާޒުވީއިރު، އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރާއްޖޭގައި އެޅުމަށް ކަނޑައެޅިފައިވާ ބުރިޖުގެ މަޝްރޫއު ކުރިއަށްދާ ދުވެއްޔާއިމެދު، ރައްޔިތުންގެ ފާޑުކިޔުންތައްވެސް އެމަނިކުފާނާއި، ސަރުކާރަށް އަމާޒުވެފައިވެއެވެ. އަދި ދާދި ފަހުން، ބުރިޖު އެޅުމަށް ގެންގުޅުނު ޕްލެޓުފޯރމު ފަރަށް އެރުމާއި އެކު، އެ މަޝްރޫޢު ކުރިއަށް ދާނެ ގޮތާއިމެދު ރައްޔިތުންނާއި ސިޔާސީ އިސްވެރިންގެ ތެރޭގައިވެސް ސުވާލުތައް އުފެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: