ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ވެރިކަމަށް އެކަށީގެންވޭ، އަނިޔާވެރިންނަށްވެސް ހަސަދަވެރިކަމެއް ނުބާއްވާނެ: މުސްތަފާ

މެމްބަރު މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ވެރިކަމަށް ގެނަން އެންމެ ރަނގަޅު  ކެނޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމްކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ގާސިމްގެ އިސްނެންގެވުމުގެ މަތިން އެމްއެންޕީއާއިއެކު މަޝްވަރާކުރުމަށްފަހު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވުމެއް ގާއިމުކުރުމަށްފަހު، ގާސިމް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްވަނީ ޑިމޮކްރެޓްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިއެކުވެސް ބައްދަލުވުމެއް ކުރިއަށް ގެންގޮސް، 2023 ގެ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އިއްތިފާގުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމްއާރްއެމް އަދި ޕީޕީއެމްއާއިއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށްވެސް އަލަށް އުފެދިފައިވާ އެމްއެންޕީ ޑިމޮކްރެޓްސް އަދި ޖޭޕީގެ ކޯލިޝަނުންވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ.

އެއް ކެނޑިޑޭޓަކު ނެރުމާއިމެދު ސިޔާސީ މައިދާނުގައި ދެކެވެމުންދާ ވަހާކަތަކުގެ އަޑުތައް ގަދަވަމުންދާއިރު، މުސްތަފާވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތު ހާވާލުކުރެއްވުމަށް އެންމެ އެކަށީގެންވާ ލީޑަރަކީ ގާސިމްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވަނީ އެގޮތަށް ދެކިވަޑައިގަންނަވާ ސަބަބުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ގާސިމްއަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އަނިޔާވެރިވި ފަރާތާއިމެދުވެސް ހަސަދަވެރިކަމެއް ގެންގުޅުއްވާ ފަރާތެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގާސިމްއަކީ މާޒީ ހިތުއަޅުއްވައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވާ މުސްތަފާވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ އިތުރު ސަބަބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ގާސިމްއަކީ ސަރުކާރެއް ހިންގުމުގެ ފުރިހަމަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގާސިމްވަނީ ދިވެހިރާއްޖޭގެ މަރުކަޒީ ބެންކުގެ ގަވަނަރުގެ މަގާމު އަދާކުރައްވާފައިކަމަށެވެ. އަދި އޭގެ އިތުުރުން އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް އަދާުކުރައްވާފައިކަމަށްވުމުން އެތައް ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާނެކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެމްއެންޕީ އަދި ޑީމޮކްރެޓްސް އާއި ޖޭޕީއިން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާއިރު، އެ ކެނޑިޑޭޓަކީ ކޮން ބޭފުޅެއްކަމަށް އަދި ހިއްސާކުރައްވާފައިނުވެއެވެ. އެ މައުލޫމާތުތައް ހިއްސާކުރެއްވޭނީ ޕީޕީއެމް އަދި އެމްއާރްއެމްއާއިއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވާއިރު، ޕީޕީއެމްއިންވަނީ އެ ޕާޓީއާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރެވެމުންދިއުމާއިއެކު ބަޔާނެއް ނެރިފައެވެ. ޕީޕީއެމްއިންވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން އެކަށީގެންވާކަމަށް އަދި އެގޮތުގެ މަތިން ކަންކަން އިންތިޒާމުކުރުމަށް އެދޭކަމަށާއި ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: