ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ނެގުމުގައި ވެމްކޯއާއެކު ކުރިއަށް ނުދާން ސިޓީ ކައުންސިލުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ގޮތަށް ހަމަޖައްސުމަށް ފާސްކޮށްފިއެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދުމާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 26، 2016 ގައި ނިމިދިޔަ ކައުންސިލުން ސޮއިކުރި އެއްބަސްވުމެކެވެ. އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ މި އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ހަމަވުމުން އެއްބަސްވުން އާނުކުރަން ނިންމާފައެވެ.

އެއްބަސްވުން އާނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ގޮތަށް ހަމަޖެއްސުމަށް ކައުންސިލަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި 12 މެންބަރުން އިއްތިފާގުންނެވެ.

މިބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ އެއްބަސްވުމާ މެދު ކައުންސިލުން ގޮތްތަކެއް ނިންމުމުގެ ކުރިން ވެމްކޯއާ މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ނިންމުމަށް ހުށަހަޅުއްވައިފައެވެ. މިހުށަހެޅުމަށް ގަލޮޅު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މަރިޔަމް ނާޒިމާ ތާއީދުކުރެއްވި ނަމަވެސް މި އިސްލާހު ފާސްކުރަން ކައުންސިލްގެ އަގުލަބިއްޔަތެއް ނުލިބުނެވެ.

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވަނީ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ވެމްކޯއާ އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން ކުނި އުކާލަމުން ނުދާތީ ކައުންސިލަށް އާންމުންގެ ޝަކުވާ ދަނީ ލިބެމުންނެވެ. އަދި ކިތަންމެ ބައިވަރު ކުންޏެއް މަގުމަތީގައި ހުރިކަމުގައިވީ ނަމަވެސް ވެމްކޯ އިން ނަގަނީ ވަކި ގޮތަކަށް ބަންދުކޮށްފައި ހުންނަ ކުނި އެކަނިކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ.

މުޖުތަބާ ވިދާޅުވީ ވެމްކޯގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާތީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ކުނި ނަގައި، ކުނި އުކާލަން ވެމްކޯގެ ސައިޓަށް ދިއުމުން ސިޓީ ކައުންސިލްގެ ޕިކަޕަށް ފައިސާ ވެސް ނަގާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: