ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ އާއި އެކު އެއްބަސްވުން އާ ނުކުރީ ހިދުމަތް އިތުރަށް ހަރުދަނާކުރަން: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ އާއްމު ތަންތަނާއި ޕާކްތަކުގެ ކުނިކަހައި ސާފުކުރުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުން އާނުކުރުމަށް ނިންމީ އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 66 ވަނަ ޖަލްސާއިން ވެމްކޯ އާއި އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައިވަނީ މިހާރަށް ވުރެ އަވަހަށް މާލެ ސަރަހައްދުގެ ކުނި ނަގައި އުކާލާ މާލެ ސިޓީ އަކީ ސާފުތާހިރު ހިތްފަސޭހަ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމުގެ މަގްސަދުގައި ކަމަށެވެ.

މާލެ އާއި ވިލިމާލެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުވާއިރު މަގުމަތީގައި ބަހައްޓާފައިވާ ކުނި ގިނަވުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫ ފޯރާ މަގުމަތިން ކުނި ނެގުން ލަސްވުމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް މީގެ ކުރިން ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަން ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އާއްމު ތަންތަނުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް ބީޗާއި، ވެލާނާ ޕާކިންގ އާއި ރަސްފަންނު ބީޗް ފަދަ ސަރަހައްދުތައް މިހާރުވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން ސާފުކުރަމުން ދާ ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުގެ އާއްމު ތަންތަނުގެ ކުނިނެގުމާއި އުކާލުމުގެ ހިދުމަތް ސީދާ މާލެ ސިޓީ ކައުންސިލުން ކުރަން ފެށުމުން އެ މަސައްކަތަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ފެންނާތީއާއި އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި މޮނިޓަރ ކުރެވިގެންް ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކުރުމަކީ މާލެ ސިޓީގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަ ލިބިގެންދާނެ ކަމެއް ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ މާލެސިޓީ ކައުންސިލްގެ ފަރާތުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއަކަށް ވީ ހިނދު، އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް އެކަމުގައި ޝާމިލްވާ ހުރިހާ މުއައްސަސާ ތަކުން އެއްބާރުލުން ދިނުމަށް  މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި އެދިފައިވެެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: