ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރަނީ!

ވިއަވަތި ރާއްޖެ ކޮންފަރެސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ކުރިއަށްގެންދިޔަ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ވާހަކަ އެފަދަ ފަރާތްތަކުން އެ މަނިކުފާނަށް އަބަދުވެސް ހުށަހަޅާކަމަށެވެ.

މިހާރު ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ، އިރާދަކުރެއްވިއްޔާ އެ ނިމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން

މިނިޒާމުވެސް އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަން ފާހަގަކުރައްވައި ރައީސް ސާލިހު ވަނީ ކައުންސިލްތަކުގެ އެއްބާރުލުން، އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކުރުމުގައި ވީހާވެސް ބޮޑަކަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުކުރުމަށްޓަކައި، މިހާރު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި އެ ނިންމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުންދޭ ޢިނާޔަތްތައް ބޮޑުކުރަންޖެހޭކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްދިވްސްއިންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކޮމިޝަނުން ވަނީ ގެނެސްފައެވެ.

މިފަދަ އިނާޔަތްތަކަށް އެދޭ މީހުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން މިހާރު ދެމުންދާ އެހީގެ ދަށުން ފުރިހަމަ ނުކުރެވޭކަމަށް އެޗްއާރްސީއެމުންވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި 36000 އަށްވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުން އަންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާއިރު މިފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ ޢިނާޔަތެކެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: