ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނިކުފާނެވެ، ކަން އޮތީ އިދިކޮޅަށެވެ، މި ހިނގާ ސިޔާސަތުތައް ރައްޔިތުންގެ ފިޔަކޮށާލައިފިއެވެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިމީހާ ވިދާޅުވީ މި ސަރުކާރުގައި މި ހިގާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ވީއްލި އުދުއްސައިގަނެވޭނެކަމަށެވެ.

މި ހިނގާ ކޮންމެ ސިޔާސަތަކީވެސް ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ، ލާމަރުކަޒީ ޖަޒީރާ، ތަރައްގީ. ބޭނުމަކީ ކޮންމެ ރައްޔިތަކައްވެސް އެ ރައްޔިތަކު އިހުތިޔާރު ކުރާ ތަނެއްގައި، އުފާ ފާގަތިކަންމާ، އާއިލާ ދިރިއުޅޭނެ މަގު ފަހިކުރުން

އުދުހެނީއެވެ. މަންޒިލެއް ނުފެނިގެން ވަރުބަލިކަމުގެ އިހުސާސްތަކާއިއެކުގައެވެ.

އަހަރެމެންގެ ތެރެއިން މަދު ބަޔަކު މެދު އުޑުގައި ތަރިތަކެއް ފަދައިން ފިޔަ ޖަހާއިރު، އަނެއް ބަޔަކު ރެހި ހޮޑެލި ކާން ނުލިބިގެން އުދުހޭ ނިކަމެތި ދޫނިތަކެއްފަދައިން މަންޒިލެއް ނުލިބި، ފިޔަގަނޑު ބަލިވާއިރުވެސް ވަރުބަލިކަމާއިއެކު އުދުހެނީއެވެ. އެއް ބަޔަކު ފިނި ކޮޓަރީގައި މަޑު ސަރަންފީގައި ހުރިހާކަމެއް ހާސިލްވެގެން އަރާމުގައި ހިނިގަނޑު ޖަހާއިރު އަނެއްބަޔަކު ވަރުބަލި ފިލުވާނެ ގޮތެއް ނެތި، ތިރި ކުރާނެ ގަލެއް ނުލިބި ބުރަކައްޓަށް ދަރަނީގެ ބަރުތަކެއް ބަޔަކު އަރުވާތީ ވެއްޓެއްދެން ހަމަ އުދުހެނީއެވެ. ރައްޔިތުންނަށް މިހާލުޖެހުނީވެސް ހަމަ މި ސަރުކާރުގައި އެ ހިގާކަމަށް ވިދާޅުވި ސިޔާސަތުތައް ހިގަ ހިގާ ހުއްޓައެވެ.

ކަން މިހެން އޮތީތީ އެ ވިދާޅުވީ ކޮން ސިޔާސަތެއްގެ ވާހަކަކަމެއް ނޭގުނެވެ.

މޮޅު ގޮތް ހޯދޭނީ މޮޅު ގޮތް ހޯދައިދިނުމަށް އެކުގައި މަސައްކަތްކުރުމަށް ކަމަށް ބުނިއިރު، އުފުލި ވޭންތައް ހިތި ރަހަޔަށް ބަދަލުވީ ހަމަ އެއްވެސް ފޮނި މީރުކަމެއް ނުލިބި ނޫން ހެއްޔެވެ؟ އެ ވިދާޅުވި މޮޅު ގޮތަކީ ކޮބައިކަމެއްވެސް ނޭގުނެވެ.

ދުނިޔޭގެ ދަހިވެތިކަމުގައި ނަފްސު ދީލާލައިގެން އިރު އޮއްސޭ ފަރާތައް ލެބި ތިބި ބަޔަކާއިއެކު އުދުހުމުގައި ފިޔަ އެއްވަރަކަށް ޖަހަން ފެށީމައި ވާނީ މިފަދަ ގޮތެކެވެ. ވޭން ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް ވޭން ވަނީ ބޮޑެވެ. ފިޔާ ކިލޯއެއްވެސް ގަންނަން އުފުލަންޖެހޭ ފައިސާގެ އަދަދު ގިނަވެ، ބަރުދަން ބޮޑުވެ ގުނަން ޖެހޭ އިނިލިތައް ވާޅުވެ އައްސި ވަނީއެވެ. ގައުމަށް އައިއްސިކަމަށް އެ ވިދާޅުވާ ލާމަރުކަޒީ ޖަޒީރާ ތަރައްގީ އައުމުން ވީގޮތް އެއީއެވެ.

މިއަށް އިންފުލޭޝަން މައްޗަށް ދިޔުން ކިޔާ އާދައިގެ ކަމަކައް ހައްދަވާ ވާހަކަދައްކަވާއިރު، އިންފުލޭޝަންގެ ބިންގަލަކީ މާއްދިއްޔަތުގެ މަކަރާއި ހީލަތާ ހިޔާނާތްކަން ނޭގެނީހެއްޔެވެ؟

ސިޔާސަތުގެ ނަން “ކޮރަޕްޝަނަށް ޒީރޯ ޓޮލްރެންސް” ގެ ނަމުން ޒީނަތްކުރި ނަމަވެސް، ތަންފީޒުވަމުންދާ މަންޒަރު ފެންނަނީ މުޅިން ތަފާތު ސިޔާސަތެކެވެ. ޔަގީންވާ އެއްކަމަކީ ތަންފީޒުވި ސިޔާސަތުން، ރައްޔިތުން ނުވީއްލުނުކަމެވެ. އުދުއްސާވެސް ނުގަނެވުނުކަމެވެ.

ޖަހާނެ ސަކަރާތެއް ޖަހާ މުޅި ގައުމު އެކީ ހިތުހުރި މިސްރާބަކަށް އުދުއްސާއިރު، އާދައިގެ ރައްޔިތު މީހާއަށް މި އުދުހެވެނީ އަވާ މެންދުރެއްގައެއް ނޫންތޯއެވެ.

އުދުހި އުދުހި ފިޔަގަނޑު ބަލިވެގެން ވެއްޓެނީއެވެ. ރައްޔިތުން ތިބީ ވެއްޓެނީ ކަނޑު ލޮނުގަނޑަށްކަމެއް، ގޮޑުދޮށުގެ ވެލިގަނޑަށް ނޫނީ ގަހެއްގެ ކުރިއަށްކަންކަމެއް ނޫނީ އަލިފާން ފަރުބަދައަކާއި ދިމާލައްކަން އޮޅޭ ހިސާބުގައެވެ. މި ވަގުތު ހަދާނަން އަންނަނީ އަވައްތެރި ސްރީލަންކާއަށް ޖެހުނު ހާލަތެވެ. އުދުހި އުދުހި ފިޔަގަނޑު ވަރުބަލިވި ރައްޔިތުން ނިކުމެ ދެތިން މަހުގެ ތެރޭގައި ރޯނާ ގަންވާލީ ބޮޑު ދައުލަތެކެވެ. އެންމެ ފަހުން ދައުލަތުގެ ވެރިންނަށް ޖެހުނީ ރައްޔިތުންގެ ހާލެވެ. އުދުހެން ފަށަންވީ ކޮން ދިމާލަކަށްކަން އޮޅި، އެހީއަށް އެދި ވަރު ނެތް ފިޔަގަނޑުން ފިޔަ ޖަހާ ތިރިކުރީ ދެންމެ ދެންމެ އަރިއަޅާލާ ހިސާބުގައި އިން ގަލަކަށެވެ.

ނަމުން މޮޅު ސިޔާސަތުތަކެއް އުފައްދަވާ، ފެށި ދަތުރުގެ މިސްރާބު އޮޅިއްޖެކަމަށް ކިތައްމެ ދެކޮޅު ހެއްދެވި ނަމަވެސް މިއަދު ރައްޔިތުންނަށް ސާފެވެ. މަންޒިލެއް ނުލިބި އޮޑިއުރި، ފަރަށް އެރީމައި ދެން ނުބާ ނުވަތަ ގޯސް ކުރީ އެއް އިއްޖީނެއް އަޅައިގެން މިސްރާބު ފެށި ކުރީ އޮޑިއެވެ.

މަނިކުފާނެވެ. މި ހިގާ ސިޔާސަތުތަކުގެ އިހުމާލުންވީ ގެއްލުމުގެ ޒިންމާ މިފަދައިން ނަގައިގެން އުދުއްސައިގަންނާނީ ކިހިނެއްތޯއެވެ.

އަދިވެސް ދައްކަވާ ވާހަކަތަކުގައި ރަހަ ހެޔޮވަރެވެ. ނަމަވެސް ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތް މަންޒަރުގައި ގަދައީ ހިތިރަހައެވެ. ޖަޒީރާ ރާއްޖެއެއް ބިނާކުރަން ވަޑައިގެންނެވި ޖަޒީރާ ރައީސް އަށް ކުދި ޖަޒީރާ ރަށްތަކުގެ ހޮޅުއަށިތަކުގެ އަޑެއް ނީވެއެވެ. ދެން ލާމަޒުކަޒީ ޖަޒީރާ ތަރައްގީއަށް ވާސިލްވެވޭނެ ސިޔާސަތުތަކެއް އެކުލަވާލާނީވެސް ކިހިނަކުންތޯއެވެ.

އާ ގޮތަކުން، މާ މޮޅު އެހެން ގޮތެއް ހޯއްދަވާ ވާހަކަ ވިދާޅުވެ، އަނެއްކާވެސް ފާހަގަކުރެއްވީ ފިޔަގަނޑަށް ބަރު ކުރާ ވާހަކައެވެ. ދޭނެ އެއްޗެއް ނެތަސް ހޯދައިގަތުން މިއީ ހަމަ ލާމަރުކަޒީ، ޖަޒީރާ ތަރައްގީގެނެވޭނެކަމަށް އެ ވިދާޅުވި ސިޔާސަތުބާއެވެ؟

ޚަރަދުގެ ބަރު ބޮޑުވެ، މަސައްކަތް ބުރަވިއަސް މަންޒިލަށް ވާސިލްވާން ކުރަންޖެހޭ މަސައްކަތްކުރުމަކީ އަމާޒަށްވީތީ، އުދުހި އުދުހި އެ މަންޒިލެއް ނުހޯދުނީ އަމާޒުގެ މައްސަލައަކުން ނޫންކަމާއި އެއީ ސިޔާސަތުތަކުގެ ދޯހަޅިކަންކަމެއް އަދިވެސް ގަބޫލެއްނުކުރައްވައެވެ. ގޯހީ ސަމުގާކަމެއް ނުވަތަ ކޯއްޗެއްކަމެއްވެސް ކުރީ ސަފުގައި ތިއްބެވި ފަރާތްތަކަކަށް ނޭގެއެވެ. ނޫންނަމަ މި ހިގާ ސިޔާސަތުތަކަށް އެ ކުރައްވާ ތައުރީފު ހައްގު ނޫންކަން މިހާރު އެގުނީސްއެވެ. ދެބައިކުޅަ އެއްބައިގެ މަސްލަހަތު އޮތް މައްސަލަތަކުގައި ބައިކުޅަބައިގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަންކަން ނިންމާ އެއީ މަރުކަޒީ ބާރުވެރިކަމަށް ގައުމު ގެންދަން ޖަހާފައި ހުރި މޮހޮރުތައް ނައްޓާ ލާމަރުކަޒުކުރުންކަމުގައި ވިދާޅުވުމުން މި ހިގާ ސިޔާސަތުތަކުގެ ސަބަބުން ނުވީއްލިފައި ތިބި ރައްޔިތުންނަކައް ގަބޫލެއްނުކުރެވޭނެއެވެ.

ހަގީގަތަކީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން އުދުއްސައިގަންނަންވީ ފިޔަގަނޑުގައި ދާ ޖެހި ކަސްދޮޅު އެޅިފައިވާކަމެވެ. ބޭނުމަކީ ކޮންމެ ރައްޔިތަކައްވެސް އެ ރައްޔިތަކު އިހުތިޔާރު ކުރާ ތަނެއްގައި އުފާ ފާގަތިކަމާއި، އާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގުފަހިކޮށްދިނުން ނަމަވެސް ރައްޔިތުން ޖެހެނީ އެ ވިދާޅުވި މި ސަރުކާރުގައި ހިގާ ސިޔާސަތުތަކުގެ ސަބަބުން ގަލެއްގައި މަޑުނުކޮށް ވީއްލުމެއް ނެތި އުދުހޭށެވެ.

ތިޔަ ވިދާޅުވި ލާމަރުކަޒީ، ޖަޒީރާ ތަރައްގީ ގެނުވާކަމަށް ފާހަގަކުރި މި ހިގާ ސިޔާސަތުތަކުގެ ސަބަބުން ވީ ފައިސާތޯ ނުވަތަ ގެއްލުންތޯ މަނިކުފާނު ބައްލަވާލެއްވިންތޯއެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 27%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: