ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ބަހުގެ ހަމަލާ ޗައިނާއަށް: ބޮޑެތި ދަރަންޏަށް ވުރެ، އިންޑިއާގެ އައްޑޫ ގްރާންޓް ޕްރޮޖެކްޓުތައް މާ ރަނގަޅު!

ރައީސް ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާގައި އިންޑިއާއިން ހިންގާ ކުދި ގްރާންޓު ޕްރޮޖެކްޓުތައް، ބިލިއަނުން ދަރަނިތައް އިތުރުވާ ޕްރޮޖެކްޓަށް ވުރެ ރަނގަޅުކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮތް ޗައިނާއަށް އެމްޑީޕީގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒު ކުރަނީ ލޯނުތަކާއި ގުޅުވަ އެވެ. ހާއްސަކޮށް ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި އިގްތިސާދީ އެހީތެރިކަމުގެ ނަމުގައި އެ ގައުމުން ރާއްޖެ ޖެއްސީ، ދަރަނީގެ ދަންތުރައެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ދަރަނީގެ ސަބަބުން ރާއްޖެއަށް ހަމަ ނޭވާ ލާނެ ފުރުސަތެއް ވެސް ނުލިބޭކަމަށެވެ.

ލޯނުތަކާއި ގުޅުވާ ރައީސް ނަޝީދު މީގެ ކުރިން ވެސް ތަފާތު އެކި ވާހަކަތައް ދައްކަވާފައި ވެއެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައެއް ފަހަރު ރައްދު ވެސް ދެއްވަ އެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދެ ދަތުރަށް ފަހު ޓުވީޓެއް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި އިންޑިއާއިން ފަންޑުކޮށްގެން ހިންގި ގްރާންޓު ޕްރޮޖެކްޓު ސައިޓުތަކަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ޑްރަގްސް ޑިޓޮކްސްސިފިކޭޝަން ސެންޓަރާއި، ރަށުގެ މަސް ޕްލާންޓު އަދި ގެސްޓު ހައުސް ޓޫރިޒަމް ޒޯނުގެ އިތުރުން އެހެން ބައެއް ޕްރޮޖެކްޓުތައް ފާހަގަ ކުރެއްވި އެވެ. ރައީސް ނަޝީދު ސިފަ ކުރެއްވި ގޮތުގައި މިއީ އޭގެ ސަބަބުން މުޖްތަމައުއަށް ބޮޑެތި ފައިދާތަކެއް ކުރުވަނީ ޕްރޮޖެކްޓުތަކެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ޕްރޮޖެކްޓުތައް ދަރަނިން ފުރިގެންވާ ޕްރޮޖެކްޓުތަކަށް ވުރެ މާ ރަނގަޅު ކަމަށެވެ. ރައީސް ނަޝީދު ވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހިންގާ މި ޕްރޮޖެކްޓުތަކަށް، އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކެނެރީގޭ ނަޝީދުގެ ބަހަށް ހެއްލިޖެ ކޮށްމެމީހަކު ދެދުނިޔޭން ގެއްލިނިމި ހިނގައިދާނެތެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: