ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ރައީސް ޔާމިން މިނިވަންވީ އަކުރެއްގެ ތަފާތުން ތޯ؟: ޕީޖީ ދޭނެ ޖަވާބެއް ނެތް!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ދަށު ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ބާތިލު ކުރި މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި ޖިނާއި ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ދާ ގޮތާއި، އަދި ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުން ލަސްވާ ސަބަބާއި މެދު މެމްބަރުން ވަނީ ސުވާލުކޮށްފަ އެވެ. އަދި ގާނޫނީ ދާއިރާގެ ބައެއް އެހެން މަސައްކަތްތަކާއި ބެހޭ ގޮތުން މެމްބަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ “އަކުރެއްގެ ސަބަބުން” ކަމަށް ނިހާދު ވަނީ ވިދާޅުވެފަ އެވެ. މެމްބަރު ސުވާލުގައި ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރި ހުކުމުގައި، އެމަނިކުފާނަކީ ސީދާ ކަނޑައެޅިގެން ވަގެއްގެ ގޮތުގައި ނުބުނި ނަމަވެސް ހުކުމުން ދޭހަވާ ކަމަކީ އެއީ ކަމަށެވެ.

ނިހާދު ވިދާޅުވީ ހުކުމުގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ޒިންމާތަކެއް ހަވާލުކޮށްފައި އޮތް ކަމަށެވެ. އެހެންކަމުން އެ ހުކުމާއި މެދު ފިޔަވަޅު އެޅުވުމަށް ނިންމަވާފައިވާ ގޮތް ސާފުކޮށް ދޭން އެދޭކަމަށް ނިހާދު ވިދާޅުވި އެވެ.

ސުވާލު ނިންމަވާލަށްވަމުން ވިދާޅުވީ ރައީސް ޔާމީން މިނިވަން ވީ، ނަމްބަރު އެކެއް ޖަހަން ޖެހޭ ތަނެއްގައި ނަމްބަރު ދޭއް ޖެހުމުގެ ސަބަބުންކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަކުރެއް ބަދަލުވެގެން ކުރި ހުކުމެއްގައި، އެ މީހާއަކީ ވަގެކޭ ނުބުނޭ… އެހެން ނަމަވެސް ވަގެކޭ ބުނެފަ… އަދި އެ ހުކުމުގަ ޕީޖީ އާއި އަނެއްކާވެސް ޒިންމާތަކެއް ހަވާލު ކުރެވިފަ.. އެ ހުކުމާއި ދޭތެރޭ ކިހިނެއްތޯ މިހާރު އަމަލު ކުރައްވަނީ، ކޮން ގޮތަކަށް ތޯ ފިޔަވަޅު އެޅުއްވުމަށް ވިސްނަވާފައި އޮތީ… ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ވާހަކަ މި ދައްކަނީ… އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރާ ގޮތުގައި ދޭއެއް އޮންނަން ޖެހޭ ތަނެއްގައި ކަނޑައެޅިގެން އެކެއް ޖެހިފައި އޮތް ތަނެކޭ… އަދި މީގައި ބަލަން ޖެހޭ ކަންތަކެއް އެބައޮތޭ.. ބެލޭނެ އޭ… ބަލާށޭ…” ނިހާދުގެ ސުވާލު ކުރެއްވި އެވެ.

ކުރު ޖަވާބެއް ދެއްވައި ޝަމީމް ވިދާޅުވީ އޭނާއަށް އެނގިފައި ވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ. އަދި ހުށަހަޅަން ޖެހޭ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އޮފީހުގައި ޕީޖީން ކުރަން ޖެހޭ ވަކި މަސައްކަތެއްގެ ވާހަކަ ފާހަގަކޮށްފައި ނެތް ކަމަށެވެ. އަދި މެމްބަރުގެ ވާހަކައިގައި ފާހަގަކުރި އަކުރެއް ބަދަލުވެގެން ތޯ، ނުވަތަ ނޫން ބަޔަށް ދޭނެ ވަކި ޖަވާބެއް ނެތްކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ބަނޑާރަ ނައިބު މިކަމުގައި އަޅަންޖެހޭ ފިޔަވަޅު ދަނީ އަޅުއްވަމުން… އަދި ސިވިލް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް، ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އަޅުގަޏޑަށް މައުލޫމާު ލިބެނީ.. އެ ހުކުމަކު އަޅުގަނޑުމެން ކުރަން ޖެހޭ ވަކި ހާއްސަކަމެއް ނެތް.. ދެން އަކުރެއް ބަދަލުވެގެން ތޯ، އެކަމަށް އަޅުގަނޑު އިތުރަށް ދަންނަވާނެ ވާހަކައެއް ނެތް” ޝަމީމް ވިދާޅުވި އެވެ.

އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ސީދާ ދައުލަތަށް ލިބެން ޖެހޭ ފައިސާ އާއި މެދު ސުވާލު އުފެދޭކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ. އެއީ ވޮޑަމުލާގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް އެ މައްސަލައިގައި ބޭންކުން ދޫކުރި ލިޔުންތަކާއި ޗެކް ނަމްބަރުތައް ދިމާނުވާކަމަށް ހުކުމުގައި ވާތީ އެވެ. އެހެންވެ ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަން ވީ ޗެކް ނަމްބަރެއް ދިމާނުވުމުގެ ސަބަބުން ކަމަށެވެ.

ފަނޑިޔާރު މަހާޒް އަލީ ލިޔުއްވައި އެހެން ފަނޑިޔާރުން ތާއީދު ކުރެއްވި ހުކުމުގައި ވަނީ، އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް އެކަށީގެންވާ ތަހުގީގެއް ކުރެވިފައި ނެތް ކަމަށެވެ. އަދި އެސްއޯއެފްގެ މީހުންގެ މައްޗަށް ދައުވާ ކުރެވިފައި ނުވުން ހުކުމުގައި ފާހަގަ ކުރި އެވެ.

ހުކުމުގައި ވާގޮތުން އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވި ފައިސާއެއްކަން އެނގޭނެ ގޮތެއް ވެސް ނެތެވެ. އަދި ފައިސާ ޖަމާވީ އެސްއޯއެފްގެ އެކައުންޓުންކަމަށް ވެފައި، ކުންފުނީގެ ވެރިންގެ މައްޗަށް އެކަށީގެންވާ ތަހުގީގެއް ނުކުރެވޭކަމަށް ވެއެވެ.

ގިނަ މައްސަލަތަކެއް ފާހަގަކުރި މަހާޒްގެ ރައުޔުގައި ބުނީ ވޮޑަމުލާގެ ފައިސާ ނުލިބިގެން ޔާމީނަށް ގުޅުއްވިކަން ސާބިތުކޮށްދޭން ދައުލަތަށް އެކަށޭނެ ހެއްކެއް ހުށަހެޅިފައި ނުވާކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ މައްސަލައިގައި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ. ރައީސް ޔާމީން މިނިވަން ވީ މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތާއީދު ކުރެއްވުމުންނެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތި ޔަ މައްސަލައަކީ އޮޅުންއަރައި އަޅުގަޑުމެން ޝައްކުއުފެދޭ ކަމެންނޫން! ތިމައްސަލަޔަކީ ކިތަންމެ ގިނަ ހެއްކާއި ގަރީނާހުއްޓަސް ޔާމީނުގެ މައްޗަށް ސާބިތު ކުރެވޭނޭ ކަމެއްނޫން ތިމައްސަލަބަލަނީ ދިވެހިރާއްޖޭގައިތިބި އާޚިރަތަށް ދާންޖެހޭ ދުވަހެއް އަންނާނޭކަމަށް ގަބޫލުނުކުރާ،،ގާޒީންނާއި ފަޑިޔާރުންގެ އިއްތިފާގުވާކަމެއްއް އެމީހުންބޭނުންވަނީ މިދުނިޔޭގައި،،އުފަލާއި،ޢަރާމް ހިތްމަމަޖެހުމާއި ތަނަވަސް ފާގަތިތިރިއުޅުން ވވވ ސާފު����

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: