ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ އާއި ނުލައި ކިރްގިސްތާނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ކިރްގިސްތާންގެ ހާރިޖީ ވަޒީރު ޒީންބެކް ކުލުބައެވް،
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަށް ވިސާ އާއި ނުލައި ކިރްގިސްތާނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި އެއްބަސްުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ. ކިރްގިސްތާންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވްއެވެ.

ވިސާ އާއި ނުލައި ދަތުރުކޮށް ކިރްގިސްތާނުގައި މަޑުކުރެވެނީ ޖުމްލަ 30 ދުވަހަށްކަމުގައިވާއިރު، ސް އެއަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަންޖެހެއެވެ.

މީގެ އިތުރުން އިންޑޮނީޝިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭންފަށައިފާވަކަންވެސް ފާހަގަކޮށްލެވެއެވެ.

ބޭރުގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: