ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު މުވައްޒަފުންނާއި ހަވާލު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ދެ ޓަވަރުން ފްލެޓް ލިބުނު މުވައްޒަފުންނަށް އަންނަ މަހު ތަޅުދަނޑި ހަވާލުކުރަން ފަށާނެކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އެމްއޭސީއެލްއިން ވަނީ 14 ބުރީގެ ދެ ޓަވަރު ތަރައްގީކޮށްފައެވެ.

މިހާރު މި ދެ ޓަވަރުގައި ކުރިއަށްދަނީ ކަރަންޓް ދިނުމުގެ މަސައްކަތްކަމަށް އެމްއޭސީއެލްއިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވެއެވެ.

މި ސާކިއުލާގައި އިތުރަށް ބުނެފައިވަނީ މިމަހުގެ ތެރޭގައި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.

ފްލެޓް ލިބުނު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި މުވައްޒަފުން ހުށައެޅި ކަންތައްތައް ހަމަޖައްސައިދީފައިވާނެކަމަށާއި، މީގެ ތެރޭގައި އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދު 15 އަހަރުގެ ތެރޭގައި ދެއްކުމަށް މީގެ ކުރީގައި ހަމަޖެހިފައިވީ ނަމަވެސް، މިހާރު އެ މުއްދަތު 20 އަހަރަށް ބަދަލުކުރުން ހިމެނެއެވެ. އަދި ހަމަ މިއާއިއެކު ގެރެންޓާގެ ޝަރުތުތައް އުނިކޮށް އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ ތެރެއިން މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު މުވައްޒަފުންގެ މަހު މުސާރައިން އުނިކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: