ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ޖީލަށް ރައީސްގެ އިލްތިމާސް: މުޅި ދިވެހި ޤައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުން

ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވްނިންގގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޒުވާން ޖީލު، ޤައުމަށްޓަކައި އާ ކޮންމެވެސް ޞިނާޢަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މުޅި ދިވެހި ޤައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީކުރުމުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ގޮތް ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމަށެވެ.

ރޭ ބޭއްވި އިވެންޓުގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި ގާސިމް އިބްރާހީމް.

ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުން ލިބިދޭ ފިލާވަޅުތަކެއް އެބަހުރިކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހިތްވަރާ، އަޒުމާއި، ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ޚިޔާލަށް ނުގެންނަ އަދި އެއްގޮތަކަށް ނުވެސް ނެތް ކަމެއް ވެސް، ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޒުވާން ޖީލު، ޤައުމަށްޓަކައި އާ ކޮންމެވެސް ޞިނާޢަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މުޅި ދިވެހި ޤައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވެވިއެވެ.

“ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭ ވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން”

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހިމެނިވަޑައިގަންނަވާހެން 77 ބޭފުޅަކަށް “ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް” ޙަވާލުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: