ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންދެއްވި ޖަވާބާއި އަންބޮއްފުޅާއި ދަންބޮއްފުޅުގެ ވާހަކައާ ތަފާތެއް ނެތް: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެންބަރަކު ކުރެއްވި ސުވާލަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ދެއްވި ޖަވާބަކީ އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކާގައި ވީގޮތައް ދެއްވާފައި އޮތް ޖަވާބަކަށް ނުވާކަހަލަ ޖަވާބެއްކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްުޖެއެވެ.

ލިޔުމުން ޖަވާބު ހޯދުމަށް އެދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ހދ.ނޭކުރުންދޫގައި ކަރެކްޝަނަލް ސެންޓަރެއް ޤާއިމުކުރުމުގެ މައްސަލައާއި ގުޅޭގޮތުން އެކިފަހަރު މަތިން އެކި ގޮތްގޮތުން މިނިސްޓަރާ ސުވާލުކޮށްފައިވީ ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށް ބުނެފައެވެ.

މިއަދުގެ ޖަލްސާގައި ކުރިންވެސް ކުރައްވި ސުވާލު ތަކުރާރުކުރައްވަމުން މެންބަރު ރާއީ ވިދާޅުވީ، މި ވެރިކަމުގައި ބާކީ މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިނިސްޓަރު ވިދާޅުވެފައިވާ ފަދައިން ކަރެކްޝަނަލް ސެންޓަރުގެ މަސައްކަތް ނިމޭނެތޯ ސުވާލު ކުރައްވާފައެވެ. އަދި އެ މަސައްކަތް ނިންމޭނެކަމުގެ ޔަޤީންކަން މެންބަރަށާއި މެންބަރު ތަމްސީލުކުރައްވާ 3 ރަށުގެ ރައްޔިތުންނަށް ދިނުމަށް މެންބަރުވަނީ އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު، މި މަސައްކަތުގެ ހުރިހާ ކަމެއް އެއްމެ ރަނގަޅަށް ކުރިއަށްދާގޮތް އެނގިހުރެ، މިނިސްޓަރު އިތުރުފުޅު ހައްދަވާފައިވާނެތޯވެސް މެންބަރު ވަނީ ސުވާލުކޮށްފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ނޭކުރެންދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތުގެ އެއްމެ ފަހުގެ އަދާހަމަ އާއި އެ މަސައްކަތައް ހޭދަވި ޚަރަދުގެ ތަފާސްހިސާބުތަކެއް މަޖިލީހަށް ހިއްސާކޮށްފައެވެ. ނަމަވެސް މިނިސްޓަރުގެ ޖަވާބަށް ރައްދުދެއްވުމަށް ނިޒާމީ ނުކުތާއެއް ނަންގަވާ މެންބަރު ރާއީ ވިދާޅުވީ، މިނިސްޓަރުގެ ޖަވާބު ބަލައިނުގަނެވޭ ކަމަށާއި އެ ޖަވާބުގައި މިނިސްޓަރު އިތުރުފުޅު ހަދާފައިވާކަމަށް ވެސް މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.

“ޖަވާބުގައި ތި ދެއްވާފައި ހުރި ގިނަ ކަންތައްތަކަކީ ހަމަ ރޯ ބުހުތާނު ދޮގު“ މެންބަރު ވިދާޅުވިއެވެ.

އެއަށްފަހު ، ރިޔާސަތުގައި އިންނަވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުންނަށް ނިޒާމީ ނުކުތާ ނެގުމަށް ފުރުޞަތު ދޭނެކަމަށާއި  އެ ފުރުޞަތު ނުދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި  މެންބަރުގެ ސުވާލު އެހާ ސާފު ސީދާކޮށް ކޮށްފައިވާއިރު މިނިސްޓަރު ދެއްވި ޖަވާބެކޭ އަނބޮށްފުޅާ ދަނބޮށްފުޅުގެ ވާހަކައާއި ތަފާތެއް ނެތްކަމަށް ނަޝީދުވަނީ ސިފަކުރައްވާފައެެވެ.

“އަޅިުގަނޑު ދެކޭގޮތުގައި މިތަނުގައި މިހުރިހާ ތަފާސްހިސާބުތަކެއް ކިޔުއްވަން ޖައްސުވާ، އެކިޔާ ނިމުނު އިރުގައި މީ އަންބޮއްފުޅާ ދަނބޮއްފުޅުގެ ވާހައަށް ދިޔުން ބަލައެއް ނުގަނެވެ. ވަރަށް ގިނަ އިއްޒަތްތެރި މެންބަރުންވާނީ އަންބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފަ. އެވާހަކާގައި ވީގޮތް އެނގި ވަޑައިގަންނަވާނެ. މިއޮތީ ހަމަ ސީދާ އެގޮތްވެފައި. “ ނަޝީދު ވިދާޅުވިއެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާއެކު މިނިސްޓަރު އިމްރާން ދެއްވި ޖަވާބު އިތުރަށް ދިރާސާކޮށް ގޮތެއްނިންމުމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: