ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024ގެ އިންތިހާބުގައި ޓްރަމްޕު ބަލި ކުރެވޭނެކަން ޔަގީން: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕު ބަލިކޮށް، ވެރިކަމުގެ ދެވަނަ ދަުރެއް ކާމިޔާބް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މީޑިއާތަކާއި މުހާތަބު ކުރި ވަގުތެއްގައި، ކުރިއަށް އޮތް އިންތިހާބާއި މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ، އެނާ ގަބޫލު ކުރައްވާ ގޮތުން، އެނާއަށް ދެވަނަ ފަހަރަކަށް ޓްރަމްޕު ބަލި ކުރެވޭނެއެވެ.

ބައިޑެންއަށް 2020 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވުނީ، އާންމުގެ ތެރެއިން ނެގުނު ވޯޓުގައި ޓްރަމްޕު ބަލި ކުރުމުގެ އިތުރުން، އާންމުގެ މަންދޫބުން ކަމަށްވާ “އިލެކްޓޯރަލް ކޮލެޖު” ގެ ތެރެއިން ނެގުނު ވޯޓުވެސް ކާމިޔާބުކޮށްގެންނެވެ. ބައިޑެން 2020 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު، ޓްރަމްޕު ވަނީ ވޯޓު އޮޅުވާލާފައިވާކަމަށް އެނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ، އެނާ އަށް ޓްރަމްޕާއި ވާދަ ކުރުމުގެ ފުރުސަތު ލިބުމަކީ އުފާ ކުރައްވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގައި ކުށްތަކަށް އަރައިގަންނަމުންދާ ރޭޓު މައްޗަށް ގޮސްފައިވުމާއި އެކު، އެނާ އަށް ކުރަމުންދާ ތާއީދަށް އަސަރުތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް އަދިވެސް ނަގަމުންދާ އާންމު ވޯޓުތަކުން އެނާއަށް ޓްރަމްޕަށްވުރެ ގިނަ ވޯޓުތައް ލިބޭކަން ފާހަގަކުރެވެއެވެ.

ޓްރަމްޕު ބަލި ކުރުމުގެ ޔަގީންކަން އޮތް ކަމަށް ބައިޑެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ޓްރަމްޕުވަނީ ބައިޑެންއަށް މަލާމާތްކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. ޔޫޓިއުބް ފަދަ ޕްލެޓުފޯރމުތަކުގައި އާންމު ކުރި ވީޑިއޯ އަކީ، އެކި މަސައްކަތްތަކުގެ ތެރެއިން ބައިޑެންއަށް އޮޅުން އެރި މަންޒަރުތައް އެއްކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: