ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ 46 ވަނަ ރައީސްއަކަށް ޖޯ ބައިޑެން ހޮވިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވާދަކުރައްވާ ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ.

އެގޮތުން ބައިޑެން ވަނީ ޖުމްލަ 273 އިލެކްޓޯރަލް ވޯޓް ކަށަވަރު ކުރައްވާފައެވެ.

ބައިޑެން ކާމިޔާބު ކުރެއްވިކަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އެމެރިކާގެ ބޮޑެތި ހުރިހާ  މީޑިއާ ތަކަކުންވެސް ބައިޑެން ކާމިޔާބު ކުރައްވާފައިވާކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ޖޯ ބައިޑަށް އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، އެމެރިކާގެ ނައިބު ރައީސެއްގެ ގޮތުގައި ކަމަލާ ހެރިސްވަނީ ބައިޑަންއާއެކު އިންތިޚާބުވެ ވަޑައިގެންފައެވެ.

މިދިއަ އަންގާރަދުވަހު އޮތް ރިޔާސީ އިންތިހާބު ބައިޑަން ކާމިޔާބު ކުރައްވާފައިވާއިރު، ބައެއް ސްޓޭޓްތަކުގައި އަދިވެސް ވޯޓް ގުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ބައިޑަންގެ ސިޔާސީ ހަޔާތައް ބަލާލާއިރު، ބައިޑަންއަކީ އެމެރިކާގެ ތާރީޚްގައިވެސް 5 ވަނައަށް އެންމެ ހަގު އުމުރުފުޅުގައި ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. 2009 ވަނަ އަހަރުން ފެށިގެން 2 ދައުރު، ބަރަކް އޮބާމާގެ ރިޔާސަތުގައި އެމަނިކުފާނުުވަނީ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: