ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 41.5 ބިލިއަން!

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ ޕޮލިސީ ލެވެލްގައި އަންނަ އަހަރަށް ބަޖެޓް ލަފާކުރާ އަދަދަށްވުރެ ކުޑަ ވުމަކީ ނުވަތަ ބޮޑު ވުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް މިހާރުގެ އަމާޒަކީ 41.5 ބިލިއަން ރުފިޔާގައި ބަޖެޓް ހިފެހެއްޓުން ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު މިވަގުތު ހުރިގޮތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ 2023 އިން 2025 އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީން ކުރުމަށް ކަމަށެވެ.

އަމީރު ވިދާޅުވީ އޮފީސްތަކުގެ ބަޖެޓް އިވެލުއޭޓް ކޮށް މިހާރު ނިމިފައިވާ ކަމަށައި މިވަގުތު ކުރިއަށްދަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަޕްޑޭޓްތައް ބެލުމާއި އެކަން ފައިނަލް ކުރުމުެ މަސައްކަތް ތައް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން މީގެ ކުރިން ވިދާޅުވެފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވެފައިވާ ގޮތުން 2023 ވަނަ އަހަރު ސަރުކާރަށް ޖުމްލަ އާމްދަނީ އެއްގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އަދި މި އަހަރު ނިމުމުގެ ކުރިން އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔުާ ލިބޭނެ ކަމަށެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވުމާއެކު ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހިމަނައި އެކަންކަން ނިންމުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.

ބަޖެޓްގެ މަސައްކަތް ކުރަމުންދާއިރު މަޖިލީހަށް ބަޖެޓް ހުށައެޅުމަށްފަހު ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް މެމްބަރުން ބަޖެޓްގައި ހިމެނުމަށް ބޭނުންވާ މަޝްރޫއުތައް ހިމަނައި ބަޖެޓަށް ގެންނަންޖެހޭ ހުރިހާ ބަދަކާއެކު ފާސްކުރާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ،

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: