ށ ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫއުގައި މިހާރު ކުރިއަށްފަނީ ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ދަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 1280 އަކަ މީޓަރުގެ ސަރަހައްދުގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

