ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އީ ގޭމިންގ އެޝޯސިއޭޝަނެއް އުފެއްދުމަކީ ރައީސްގެ ވައުދެއް: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އީގޭމިންގ ކުރިއަރުވައި އެކަމާއި ގުޅޭ އެޝޯސިޔޭޝަން އެއް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެއްކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ ރާއްޖޭގައި އީ ސްޕޯޓްސް ކުޅިވަރުތަކުގައި އެކި އުމުރުފުރާގެ ގިނަ ޒުވާނުން ބައިވެރިވެ ވަނަތައް ހޯދަމުން ދާކަން ފާހަގަކޮށް، އީ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި އަތޮޅުތެރޭގައި ވާޗުއަލްކޮށް އީ ސްޕޯޓްގެ މުބާރާތްތައް ބޭއްވުމާއި ގުޅޭގޮތުން ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވާފައިވެ އެވެ.

ޖަވާބުގައި މަހުލޫފް ވިދާޅުވީ އޭނާ ބޭނުންވި ނަމަވެސް އެސޯސިއޭޝަން ގާއިމް ނުކުރެވޭ ކަމަށާއި އެ މަސައްކަތް ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައި އޮންނަނީ ސްޕޯޓްސް ކައުންސިލް އާއި ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި ދޭން ޖެހޭ ލަފާ ތަކުކާރުކޮށް ދެމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އީ ގޭމިންގ ގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އެމީހުން ބައިނަލްއަގްވާމީ މުބާރަތްތަކުގައި ބައިވެރިވެ ރަނގަޅު ވަނަތައް ވެސް ހޯދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދާދި ފަހުން ބޭއްވި ކޮމަންވެލްތު އީ ގޭމްސްގައި ރާއްޖެއިން ޒުވާނަކު ބައިވެރިވެ ވާދަކޮށްފައިވާކަން މަހްލޫފް ފާހަގަކުރެއްވި އެވެ.

މަހުލޫފް ވިދާޅުވީ އީ ގޭމިންގް އެޝޯސިއޭސަން ގާއިމްކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރާނެ ކަމަށެވެ.

ޒުވާނުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމާއި، ޒުވާނުންނާއި ގުޅުން ހުރި ދާއިރާތަކުން ފުރުސަތުތައް ހޯދައިދިނުމަކީ އެއީ ޔޫތް މިނިސްޓްރީގެ ޒިންމާއެކެވެ. ނަމަވެސް ހަމައެކަނި ފުޓްސަލް ދަނޑުތަކާއި، ފުޓުބޯޅައަށް ސަމާލުކަން ދޭކަމަށް ބުނެ މަހުލޫފަށް ފާޑުކިއުންތައް އަމާޒުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: