ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފަށް އިތުރު ހަ ދުވަހު މަހްލޫފް ބަންދުގައި ބަހައްޓާފައި ވޭ: އެންއައިސީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް އަހުމަދު މަހުލޫފްގެ މައްސަލައެއް ކޯޓުގައި ކުރިޔަށް ގެންދިއުމަށް ފަހު ދޫކޮށްލަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ހަމަވިތާ ހަ ދުވަސް ފަހުންކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެއްވި މަހުލޫފްގެ މައްޗަށް ދެ މައްސަލައެއްގައި ޖުމްލަ 11 މަހާއި 24 ދުވަހުގެ ހުކުމެއް އިއްވުމުން، މައްސަލައިގައި އެނާ އިތުރު ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައި ވާތީ އެންއައިސީއަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ބަންދުގެ މުއްދަތު ހަމަވުމުން ވެސް، އިތުރު ހަ ދުވަހު މަހުލޫފް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ހިލާފަށްކަމަށެވެ. 2017، ޖެނުއަރީގައި ހުށަހެޅި މައްސަލައިގައި މަހުލޫފް ވަނީ ގައިދީންނަށް ޖަލުތަކުގެ ގާނޫނާއި ގަވައިދުތައް އަންގަން ޖެހޭއިރު އެކަން ފުރިހަމަކޮށްފައި ނުވާކަން ފާހަގަކޮށްފަ އެވެ.

މައްސަލައިގައި އެންއައިސީން ބުނީ، ޕެރޯލް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި އަދި ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި ކަނޑައަޅާ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަހެން ބެހެއްޓުމުގެ އިތުރަށް އެ ގައިދީއަކު އެދިއްޖެ ހާލަތެއްގައި އެކަމުގެ ތަފްސީލު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ނިޒާމެއް ގާއިމު ކުރެވިފައި ނެތްކަން، ކޮމިޝަނުން ޖަލަށް ކުރި ޒިޔާރަތުން އެނގޭކަމަށް ބުންޏެވެ.

ރިޕޯޓުގައި ބުނެފައި ވަނީ 2016 ގައި ކްރިމިނަލް ކޯޓުން މަހުލޫފްގެ މައްޗަށް ދެވަނައަށް ކުރި ހުކުމަކީ 06 މަސް ދުވަހުގެ ހުކުމެއްކަން އެނގެން އެބައޮތް ކަމަށެވެ. އަދި ތަހުގީގުގެ މަރުހަލާއަށް އޭނާ 18 ދުވަހަށް ބަންދުގައި ބެހެއްޓިގެން ލިޔެކިއުންތަކުން އެނގެން އޮތްއިރު، “ޝަރީއަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދު 2003” އާއި އެއްގޮތްވާ ގޮތުގެ މަތީން އެ މުއްދަތު ހުކުމުން އުނި ކުރަން ޖެހޭނެކަމަށް ރިޕޯޓުގައި ވެއެވެ. މިއީ ދުވަހުގެ ނިސްބަތުން ބަލާއިރު މަހުލޫފް ޖަލުގައި ހޭދަ ކުރަން ޖެހޭނީ 162 ދުވަސް ކަމަށް އެންއައިސީން ވަނީ ބުނެފަ އެވެ. ކޮމިޝަނަށް ލިބިފައިވާ ލިޔުންތަކުގެ ތަފްސީލުތަކާއި ގުޅޭގޮތުން އެންއައިސީން ބުނީ މަހުލޫފް ހުކުމް ތަންފީޒުކޮށް ނިމިފައި ވަނީ ޖެނުއަރީ، 2017 ގައިކަމަށެވެ. 

ޕެރޯލް ގާނޫނުގައި ވާގޮތުން، އެއް ކުށަށް ވުރެ ގިނަ ކުށަށް ހުކުމްކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ގުނާނީ، އެންމެ ބަރު ހުކުމުން ފެށިގެން ހުކުމްތައް ތަރުތީބުންކަން ފާހަގަކޮށް ކޮމިޝަނުގެ ރިޕޯޓުގައި ބުނީ މި ހުކުމްތައް 09، ޖޫން 2017 ގައި ތަންފީޒުކޮށް ނިމުނު ނަމަވެސް އިތުރު ހަ ދުވަހުގެ މުއްދަތަކަށް މަހުލޫފް ޖަލުގައި ބެހެއްޓިގެން ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އޭރު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަހްލޫފް މިނިވަން ކުރަން ޖެހޭނީ 3، ޖޫން 2017 ގައެވެ.

މައްސަލަ ބަލައިދޭން އެދި މަހުލޫފް ހުށަހެޅުއްވި އިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގަ އެވެ. އެންއައިސީގެ ނިންމުމާއި ގުޅިގެން، ބަދަލު ހޯދަން ހުށަހެޅުމާއި މެދު މަހުލޫފް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: