މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 29،038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ރޭމްޕެއް ހެދުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ،
މި މަޝްރޫއަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

