ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުވައިތު އެއަރވޭސް އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުވައިތުގެ ޤައުމީ އެއާލައިން، ކުވައިތު އެއަރވޭސް އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާ އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ އިސްމުވައްޒަފުން ބައިވެރިވެއެވެ.

ކުވެއިތް އެއަރވޭސްގެ ފުރަތަމަ ބޯޓު ޖައްސާފައިވަނީ އިއްޔެ ހެނދުނު 7:15 ގައެވެ.  ކުވެއިތު އެއަރވޭސްގެ ބޯޓަށް ޙާއްސަ ވޯޓަރ ސެލިއުޓަކުން ބޯޓަށް މަރުހަބާ ކީއިރު، ބޯޓުން ރާއްޖެ ޒިޔަރާތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކުންނެވެ.

ކުވައިތު އެއަރވޭއިސްގެ ދަތުރުތައް ފެށުމާއި ގުޅިގެން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައިސޫމް ވިދާޅުވީ ކުވައިތު އެއަރލައިންގެ ދަތުރުތައް ފަށާފަ މިވަނީ ޔޫރަޕްގެ ފްލައިޓްތައް އިތުރުކުރަން ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށާއި،  ކުވައިތު އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ޔޫރަޕުން ރާއްޖެއަށް އަންނަން ފަތުރުރުވެރިންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އަދި ނޮވެމްބަރުގައި ފަށާ ވޯލްކަޕާއި އެކު މެދުއިރުމަތީގެ ފްލައިޓްތަކަށް ބާރުބޮޑުވެގެންދާ އިރު ކުވައިތު އެއަރލައިންގެ ސިދާ ދަތުރުތަކާއި އެކު ރާއްޖެއަށް އައުމަށް އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުވައިތުން ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު 2 ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުން ކުރާނީ އޭ320 މަރުކާގެ ބޯޓެވެ. މިއީ 150 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ކުވައިތު އެއަރވޭސް އިން މެދު އިރުމަތީގެ ޤައުމުތަކަށާއި، އެފްރިކާ، ޔޫރަޕް، އޭޝިއާ ޕެސިފިކް އަދި އުތުރު އެމެރިކާއަށްވެސް ޝެޑިއުލް ދަތުރުތައް ކުރެއެވެ. މެދު އިރުމަތީގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ކުވައިތު އެއަރވޭސް އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން، އެ ސަރަހައްދުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދާނެއެވެ. މެދު އިރުމަތިން ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނޭއިރު، 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުވައިތުން 4325 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ފިނިމޫސުމާއި ގުޅިގެން ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރަން މިހާރު ވަނީ ފަށާފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން މަސައްކަތްކުރަނީ ގިނަ އެއާލައިންތަކުން ވީއައިއޭއަށް ސީދާ ދަތުރުތައް ކުރެވޭނެ އިންތިޒާމް ފޯރުކޮށްދިނުމަށެވެ. އަދި އެއަރޕޯޓުން ފޯރުކޮށްދެމުންދާ ޙިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަގަޅުކޮށް އެއަރޕޯޓްގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: