ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު އުފަލަކަށް ވާނީ ޝަންގްރިއްލާ ރިސޯޓް ހުޅުވުން: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު އުފަލެއް ލިބޭނީ އައްޑޫގެ ޝަންގްރިއްލާ ރިސޯޓް ހުޅުވުމުން ކަމަށް ޓްއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވޭނެ ދުވަހަކާއި ބެހޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކީ އެ ކުންފުންޏާއިއެކު ދިވެހި ސަރުކާރުން ވެފައި އޮތް އެގްރިމެންޓް ކަމަށެވެ.

މައުސޫމް ވިދާޅުވީ މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި ވާނީ ރިސޯޓްތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލު ކުރުމަށް ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތައް ބަދަލު ގެނެވިއްޖެނަމަ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

“ޝަންގްރިއްލާ ހުޅުވުން ވެގެން ދާނީ އައްޑޫ ސިޓީއަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަކަށް.” މައުސޫމް

ކޮވިޑް-19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދު ކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީޚްތަކެއް ވެސް ދީފައެވެ.

ޝަންގްރިއްލާ އާއި އެކު ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެއްކޮށް ޝަންގްރިއްލާ އިން ވެފައިވާ ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެއެވެ.

މައުސޫމް ގެ ވާހަކަފުޅުގައި ދެކުނުގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނީ ޝަންގްރިއްލާގެ ކޮންސެޕްޓްގައި އަޕްމާކެޓް ބެޑްސް ލިބިގެން ކަމަށާއި އެއާއެކު ސަދަން ރީޖަން އެއްކޮށް ހިންގަން ފެށޭނެ ކަމުގައި ވިދާޅުވިއެވެ.

މައުސޫމްގެ ވާހަކަފުޅުގައި މިއަދު ޓުއަރިޒަމް އިންޑަސްޓްރީ ވަނީ ވަރަށް ވާދަވެރިވެފައި ކަމަށާއި ކޮންމެ ރިސޯޓަކުންވެސް ބަލަނީ އެރީސޯޓަކަށް އެންމެ ވަރުގަދަ މުވައްޒަފުން ގެނެވޭތޯކަމުގައި ވިދާޅުވިއެވެ. އަދި އެއީ މިވަގުތު ވިޔަފާރީގައި ކާމިޔާބު ލިބޭނެ މަގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: