ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މައުސޫމްގެ ވަޒީރު ކަމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދި މައްސަލަ އަނބުރާ ކޮމެޓީއަށް

ޑރ މައުސޫމްއާއި މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް ސާލިޙް ހަވާލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އައްޔަން ކޮށްފައިވާ ޑރ އަބްދުﷲ މައުސޫމްގެ ވަޒީރުގެ ކަމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

ޑރ މައުސޫމް އަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް  މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވަން ފާސްވީ ވޯޓުގައި ބައިވެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޑރ މައުސޫމްގެ ވަޒީރު ކަމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދިފައި މިވަނީ ޑޜ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު ކުންފުންޏެއްގެ މެނޭޖިންހ ޑައިރެކްޓަރެއްގެ މަގާމުގައި ހުންނެވުމާއި ގުޅިގެންނެވެ.

ޑރ މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޑރ މައުސޫމް ހުވާ ކުރެއްވިއިރު ކުންފުންޏެއްގެ މޭޖިންގ ޑައިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވިކަން ފާހަގަކޮށް އެ މައްސަލަ ނެންގެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ.

ޑރ މައުސޫމްއަށް ވަޒީރުކަން ދޭން ފެންނަ ކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ހަސަން އަފީފް ވިދާޅުވީ ޑރ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވި ދުވަހު ހުންނެވީ ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރެއްގެ މަގާމުގައެވެ. އެހެން ކަމުން ޑރ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށާއި ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ވަޒީރު ކަމުގެ ހުވާ ނުކުރެވޭނެ ކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.

ހަސަން އަފީފްގެ އެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ޑރ މައުސޫމްއަށް ވަޒީރުކަމަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކުރީ އެކަން ބައްލަވާފަތޯ ސުވާލު ކުރެއްވިއެވެ. ރައީސް ނަޝީދުގެ ސުވާލަށް ޖަވާބް ދެއްވަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ޑރ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވި ދުވަހު ހުންނެވީ ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރެއްގެ މަގާމުގައިކަން އެނގޭ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޑރ މައުސޫމް ކުންފުނީގެ މެނޭޖިންގ ޑައިރެކްތަރުގެ މަގާމުން ވަކިވެފައިވާކަން އަންގާ އިކޮނަމިކް މިނިސްޓްރީން ސިޓީއެއް ފޮނިވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޑޜ މައުސޫމްއަށް ވަޒީރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމެޓީން ފާސްކުރުމުގެ ކުރިން ޑރ މައުސޫމް ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރެއްގެ މަގާމުގައި ހުންނެވިކަން އެނގިގެން އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް މަޖިލީހުގެ ކައުންސެލް ޖެނަރަލް އަރިހުން ހޯްދެވި ކަމަށެވެ. އެގޮތުން ޑރ މައުސޫމް ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމް ފުރައްވަމުން ނުގެންދާ ކަމުގެ ލިޔުމެއް އިކޮނަމިކް މިނިސްޓްރީން ހޯއްދެވުމުން އެކަން ހަމަޖެހުނީ ކަމަށް ކައުންސެލް ޖެނަރަލް ލަފާ ދެއްވި ކަމަށް ފަލާހު ވިދާޅުވިއެވެ.

ޑޜ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވި ދުވަހު ކުންންފުންޏެއްގެ މޭޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި ހުންނެވުމުން މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ވަޒީރު ކަމުގެ ހުވާ ކުރެއްވި ދުވަހު ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރެއްގެ މަގާމުގައި ހުންނެވުމުން ޑރ މައުސޫމްގެ ވަޒީރު ކަމުގެ ހުވާ ސައްހަ ނުވާނެ ކަމަށާއި އަދި ޑރ މައުސޫމް ވަޒީރު ކަމަށް އައްޔަން ކުރެވުނީ ގާނޫނުއަސާސީއާއި އެއްގޮތަށް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެން ކަމުން ޑރ މައުސޫމް ޖެހިވަޑައިގަންނަވާނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވައި އަލުން ހުވާ ކުރެއްވުމަށް ފަހު ވަޒީރުކަމާއި ހަވާލުވެ ވަޑައިގަންނަވަން ކަމަށް ގިނަ މެމްބަރުން ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ވަޒީރު ކަމުގެ ހުވާ ކުރައްވާއިރު ނުވަތަ ވަޒީރު ކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަންނަވާއިރު އެއްވެސް ވިޔަފާރިއެއްގެ ބައިވެރިވެ ވަޑައިގެން އުޅުއްވައިގެން ނުވާނެ ކަމަށާއި އަދި އެއީ ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން ޑރ މައުސޫމްއަށް މަޖިލީޙުން ރުހުން ދެވޭނީ އަލުން ވަޒީރު ކަމުގެ ހުވާ ކުރެއްވުމުން ކަމަށް ހިސާން ވިދާޅުވިއެވެ.

ޑޜ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނީ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ވިޔަފާރި ނުކުރެއްވޭނެ ކަމަށާއި އަދި ވަޒީރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑރ މައުސޫމް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެހެން ކަމުން މިކަމުގައި ގާނޫނީ މައްސަލަެއް ނެތް ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޑރ މައުސޫމް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށާއި އަދި އެކަން އެކަން ލަސްވެފައި ވަނީ ލިޔެކިޔުމުން ފުރހަމަ ކުރަން ޖެހޭ ކަންކަން ފުރުހަމަ ނުވެފައި ނުވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން ޑރ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވައި އެކްނަކް ބެއްލެވުމަސް ރޮޒައިނާ ވެސް ތާއިދު ކުރެއްވިއެވެ.

މެމްބަރުންގެ މެދުގައި ގިނަ ބަހުސްތަކެއް ކުރެއްވުމަށް ފަހު މަޖިލީޙުގެ ކައުންސެލް ޖެނަރަލްގެ ލަފާގެ މަތިން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމެވީ ޑރ މައުސޫމްއަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނިންމި ރިޕޯޓް އަލުން އަނބުރާ ކޮމެޓީއަށް ފޮނުވުމަށެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މި ވަގުތު ހުންނަވި ޑރ  މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑޮކްޓަރ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: