ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި

ޑރ މައުސޫމްއާއި މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް ސާލިޙް ހަވާލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް  އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

 އެޖެންޑާގައިވަނީ، މައުސޫމްއަށް ރުހުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.

މި މަހުގެ ހަވަނަ ދުވަހު ވަޒީރު ކަމުގެ ހުވާ ކުރެއްވި މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ މީގެ ކުރިން ވެސް މަޖިލީހަށް ފޮނުވިއެވެ. އަދި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ވެސް ނިންމިއެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގެ ރުހުން ދިނުމުގެ މައްސަލައަށް ބަހުސް ކުރަން ފެށުމާއެކު ބައެއް މެންބަރުން ވަނީ އޭނާގެ ވަޒީރު ކަމުގެ ހުވާގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެއީ ވަޒީރު ކަމުގެ ހުވާ މައުސޫމް ކުރެއްވިއިރު، ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުންނެވުމުންނެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޑރ. މައުސޫމް ހުންނެވީ، މި ސަރުކާރުގެ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައެވެ. ސަފީރުކަމުގެ މަގާމަށް މައުސޫމް ވަޑައިގެންނެވީ ފެބުރުއަރީ 18، 2019 އިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: