ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގައިގެ ކޮރޮޕްޝަންގެ މައްސަލައެއްގައި ކުރީގެ އެމްޑީ ނިމާލްއާ އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ

ފެނަކައިގެ ކުރީގެ އެމްޑީ އަދި ޕީއެންސީގެ ނައިބް ރައީސް އަހުމަދު ނިމާލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަ ކޯޕްރޭޝަންގެ ތެރެއިން ހިންގާފައިވާ ކަމަސް ތުހުމަތު ކުރެވޭ ކޮރޮޕްޝަންގެ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ނިމާލްއާ އިތުރު ތިން މީހެއްގެ މައްޗަސް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.

ހަތަރު ބޭފުޅުންގެ ތެރެއިން ނިމާލްއަކީ ކ، އަތޮޅު ކައުންސިލްގެ ރައީސްއެވެ. އަދި މީގެއިތުރުން ނިމާލްއަކީ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސްއެކެވެ.

އޭސީސީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދައުވާ ކޮށްދޭން އެދި ޕީޖީ އަށް ފޮނުވި މައްސަލައަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާއި ޚިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެވެ.

ދައުވާކޮށްދޭ އެދިފައި ވަނީ 

1- ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް (މ. ކޮކާހަނދުވަރު / ކ.މާލެ)

2- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)

3- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)

4- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު  ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)

މި ހަތަރު ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސލައިގައި އޭސީސީން ކުރި ތަހުގީގަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނި ގޮތުގައި މިމައްސަލައިގެ ތަޙުޤީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާއި ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން ވަނީ އެނގިފައެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވަރ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ ޢަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުޤީގަށް އެނގެއެވެ. އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 (އެއްމިލިއަން)އަށްވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެންގެން އޮވެއެވެ.

މީގެ އިތުރުން މިމައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނުގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ތަޙުޤީގަށްވަނީ ހާމަވެފައެވެ. އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ވަނީ ޕީޖީގައި އެދިފައެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަތަރު މީހުންގެ މައްޗަށް ޤާނޫނު ނަންބަރު  2/2000(ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިއަދު (02 ނޮވެންބަރު 2022) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި މިމައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: