ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ހާލަތެއްގައި ދިވެހިން އަމާންދީފާނެކަމަށް ބައެއް މީހުން ދެކުމަކީ ކުށްހީއެއް: އުމަރު

ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމާއިގެ ހާލަތު ކުރިމަތިވެއްޖެ ނަމަ، ދިވެހި ސިފައިންނަކީ ފަސްދީ އަމާން ދޭނެ ބައެއް ކަމަށް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހީނުކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އުމަރު ވިދާޅުވީ، ޕްލޯޓު ޖަމާއަތުގެ ހަނގުރާމަވެރިންނާއި ބާޣީ ލުތުފީ ދިވެހިރާއްޖެއަށް ހަމަލާ ދިނުމުން ރާއްޖޭގެ ސިފައިން އެކަމުން ދިފާއުވުމަށް ހަމަލާ ބަދަލު ކުރަން ފެށީ، ދިވެހިންގެ ކިބައިގައި ހަނގުރާމަވެރި ސިފަތަކެއް ހުރުމުންކަމަށެވެ.

އެއްވެސް ގައުމަކުން ނުވަތަ ޖަމާއަތަކުން، މިނިސްޓަރަކު އަދި މަޖިލީހުގެ މެމްބަރަކުވެސް، ދިވެހި ސިފައިން ހަނގުރާމައިން ފަސްޖެހި އަމާން ދޭނެ ކަމަށް ހީނުކުރެއްވުމަށާއި ތާރީހުގެ ހުރިހާ ސޮފުހާއެއް އުކާލުމުން ޔަގީންވެގެންދަނީ ދިވެހިންނަކީ ހަނގުރާމަ ކުރުމުގެ ގާބިލުކަން ހުރި، ޝަހީދުވުމަށް އެދި އެދި ތިބޭ ބައެއް ކަންކަމަށެވެ.

އުމަރު ވިދާޅުވީ، އެ ނުރައްކާތައް ދިވެހިންނާއި ކުރިމަތިވެފައި ނުވާނަމަ ދިވެހިން މިއަދު ތިބޭނީ އިންޑިއާ ފަދަ ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައިކަމަށެވެ. އުމަރު ވިދާޅުވީ، އެގޮތަށް ދިވެހިންގެ ކުރިމަގު ބަނަވެގެން ނުދިޔައީ ނުރައްކާތަކުގެ ކުރިމަތީ ފަސް ނުޖެހި ދިވެހިން ހަނގުރާމަކޮށްފައިވުމުން ކަމަށެވެ.

އެނާ ވިދާޅުވީ، ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ތެދުވެ ޝަހީދުވެގެންދިޔަ މީހުންގެ ހަނދާންތަކާއި ގުރުބާނީތަކުގެ އަގުވައްޓާލައި އެ މީހުންނަކީ ފިނޑި މީހުންކަމަށްބުނެ، އެ ހަމަލާތައް ރާވައި ހިންގި މީހުންނަށް މި ސަރުކާރުން ދިވެހި އެމްބަސީތަކުގައި ހިމާޔަތްދީ ފޮރުވައިގެން ގެންގުޅުނުކަމަކީ އެނާ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ނޮވެމްބަރު 3 ގެ ހާދިސާއިން ހާމަވެގެންދިޔައީ ދިވެހިންގެ ގައިގައި ހަނގުރާމަވެރި ސިފަތައް ހުރިކަންކަމަށް ތަކުރާރު ކުރައްވާ އުމަރު ވިދާޅުވީ، ޝަހީދު ހުސައިން އާދަމް އަކީ އޭރު އެއްވެސް ވަރަކަށް ހަނގުރާމައިގެ ތަޖުރިބާ ހުރި ބޭފުޅެއް ނޫންކަމަށެވެ. އަދި އޭރު އުމުރުންވެސް ޅަ ކަމަށާއި، އެހެން ނަމަވެސް އެ ބޭފުޅާވަނީ އެއްވެސް ޖެހިލުމަކާއި ނުލައި އިސްވެ ޕްލޯޓު ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާ ދީފައިކަމަށް އިޝާރާތްކުރައްވާ އުމަރު ވަނީ އެކަމުން ދިވެހިންގެ “ފައިޓިންގް ސްޕިރިޓް” ފެނިގެންދާކަމަށް ފާހަގަކުރައްވާފައެވެ.

އުމަރު ނަސީރު މި ވާހަކަތައް ދެއްކެވީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ. ނަސްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ދިވެހިންގެ ބަޔަކާއި ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތެއް ގުޅިގެން ދިވެހިރާއްޖެ ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބު ވެގެންދިޔަ ދުވަހެވެ. އަދި އެ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ ތެރެއިން ގައުމާއި ދީނަށްޓަކައި ޝަހީދުވި ބަތަލުންގެ ހަނދާން އާކޮށް، އެ ފަދަ ބިރުވެރި ދުވަހެއް ކުރިމަތިވެދާނެކަމަށް ތައްޔާރަށް ތިބެންޖެހޭކަން ހަނދާން ކުރުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: