ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ އިންޑިއާ ބުނެގެން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލުކުރީ އިންޑިއާގެ ނުފޫޒުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އެ ގައުމުގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައިވާކަން ހާމަކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ރިފްއަތު ހާމަކުރީ އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން ދަނީ، ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރުން ގޯސްކަން ފާހަގަކޮށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އުމަރު ނަސީރު ރޭ، ރަސްރަނި ބަގީޗާގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ޗާގޯސްއަށް ނިސަބަތްވާ 3000 ވަރަކަށް މީހުން އިނގިރޭސިވިލާތިގައި އެބަތިބި ކަމަށެވެ. އަދި އެ މީހުންނަކީ މުސްލިމުނެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

ސަރުކާރުގެ ސްޓޭންޑު ބަދަލު ކުރުމަށް ބާރުފޯރުވައި އެކަމުގެ ނާޖާއިޒް ފައިދާ ނެގެން އޮތީ އިންޑިއާއަށްކަމަށް ދެކެވޭ ވާހަކައަށް ތާއީދުކޮށް އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ނިންމަނީ ނިއުދިއްލީން ކަމަށެވެވެ. މިއީ ރާއްޖެއިން އަދާކުރާ އަގެއްގެ ގޮތުގައި ތުހުމަތު ކުރައްވައި އުމަރު ވިދާޅުވީ، އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ހޯދައިދިނުން ވެސް ހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް ކުދިކުދި މަންފާތައް ހޯދައިދީ، ލޯނުތައް ދިނުމުގެ މުގާބިލުގައި ސަރުކާރުން އިންޑިއާ އެދުނު ގޮތަށް ޗާގޮސް މައްސަލައިގެ ޕޮޒިޝަން ބަދަލު ކުރީކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖެއިން ޒަމާންތަކެއް ވަންދެން ދަމަހައްޓަމުން އައި، ބަސް ބަދަލު ކުރުމަކީ ހެދި ގޯހެއްކަމަށެވެ.

“ޗާގޯސްއަށް ނިސްބަތްވާ ތިން ހާސް މީހުން އިނގިރޭސިވިލާތުގައި އެބަތިބި. ޗާގޯސް މިނިވަންވާ ދުވަހު މި ތިންހާސް މީހުން އަނބުރާ އެ ރަށަށް އަންނާނެ. އެ މީހުންނަކީ މުސްލިމުންނެއް ނޫން. ފުޅަވެއްސަކީ އަޅުގަނޑުމެންގެ ގައުމަކަށް ވެއްޖިއްޔާ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް އަޅުގަނޑުމެން ވާނެތޯ؟ ނުވާނެ” އުމަރު

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ. 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުއާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

ޗާގޮސްގެ މައްސަލައިގައި މޮރިޝަސް ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައި ވަނީ މައްސަލަ ބެލުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: