ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ހާނަށް ދިން ހަމަލާ ކުށްވެރި ނުކުރާ ސަބަބު ޖެހޭނީ ސާފު ކުރަން: ރައީސް އޮފީހުގެ ތަރުޖަމާނު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ދީފައިވާ ހަމަލާ ސަރުކާރުން ކުށްވެރި ނުކުރާ ސަބަބު ސާފު ކުރުމަށްފަހު ޖަވަަބެއް ދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕާކިސްޓާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދީފައިވާ ބަޑީގެ ހަމަލާއިން އެމަނިކުފާން ވަނީ ސަލާމަތްވެފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ފަޔަށް ވަޒަނެއް އަރައި ޒަހަމްތަކެއް ވެފައިވާއިރު، ފުރާނައަށް އަމާޒުކޮށް ދީފައިވާ ހަމަލާ ނާކާމިޔާބުވެގެންދިޔައީ، އެ ސަރަހައްދުގައި އެއްވެ ތިބި އެނާގެ ސަޕޯޓަރުން ބަޑި ޖެހި މީހާ ހުއްޓުވުމަށް ކުރި މަސައްކަތްތަކުންނެވެ.

އިމްރާން ހާން އަަށް އަމާޒުވި ހަމަލާ ދުނިޔޭގެ ބޮޑެތި ގައުމުތަކުންވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން އެމެރިކާއިންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައިކަމަަށްވާއިރު، ރާއްޖޭގެ ސަރުކާރުން ގާތް ގުޅުމެއް އޮންނަ ޕާކިސްތާނުގެ އިސް ވެރިއަކަށް ދީފައިވާ ހަމަލާ ކުށްވެރި ނުކުރާ ސަބަބާއިމެދު ”ސަންގުން“ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ އެ މައުލޫމާތުތައް ސާފު ކުރެއްވުމަށް ފަހު ހާމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ހޯދުމަށް ”ސަންގުން“ ވަނީ ތަކުރާރުކޮށް ގުޅުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖާމާނު ޖަވާބެއް ނުދެއްވައެވެ. ދިވެހިރާއްޖޭގެ ދައުލަތް ހިންގުމާއި ހަވާލު ވެގެން ތިބި ފަރާތްތަކުގެ ތެރެއިން މި ހަމަލާ ކުށްވެރިކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: