ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރުނު ފަނޑިޔާރުގެ ސުލޫކީ ފިޔަވަޅު އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް އަމުރު ނެރުނު އދ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް އަހްމަދު ނިހާންގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ

އެ މައްސަލަ އާއި ގުޅިގެން ޖޭއެސްސީ އިން ބުނެފައިވަނީ ފުލުހުންގެ ބަޔަކު  އާއްމު މީހަކާއެކު އދ މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ގޮސް އަމުރެއް ހޯދުމަށް މަސައްކަތް ކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތު ކުރުމުގެ ފުރުސަތު ނިހާން ދީފައިވާ ކަމަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ނިހާންގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ހިލާފަށް ހިންގާފައިވާ އަމަލެއްކަމަށްވާތީ ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން ނިހާނަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: