ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދިނުމަށް އައު ބަސްރޫޓްތަކެއް އެމްޓީސީސި އިން ޝެޑިއުލްކޮށްފި

އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބަދަލުގެނައުން: ފޮޓޯ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލްގެ) ފަރާރުން ބަހުގެ ހިދުމަތް ދިނުމަށް  R5 ނަމުގައި އައު ބަސްރޫޓެއް ތާވަލް ކޮށްފިއެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އައު ބަސް ރޫޓުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާއި ގުޅުވާދީ ބަހުގެ ޙިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން އިރުއޮއްސި 18:00 އަށް ފޯރުކޮށްދެވޭނެއެވެ.

އަދި ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓަކުން ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހެނދުނު 10:00 އިން މެންދުރު 13:00 އަށް ބަހުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޚިދުމަތަށް އިތުރުކުރެވުނު R5 ބަސް ރޫޓައިއެކު މި ކުންފުނިން އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި 12 ބަސް ރޫޓެއްގައި ފޯރުކޮށްދެމުންދާނެއެވެ.

މި އައު ބަސް ރޫޓުގެ ޚިދުމަތުގެ އަގަކީ -/5 ރުފިޔާއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: