ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމުމުގެ ކުރިން އެސެޓް ރިކަވަރީ ވަށާޖެހޭ ނިޒާމެއް އެކުލަވާލެވޭނެ: ޝާމިލް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގައި އެންޓި ކޮރަޕްޝަން އާއި އެހެނިހެން ދާއިރާތައް ހިމެނިގެން އެސެޓް ރިކަވަރީގެ ވަށާޖެހޭ ނިޒާމެއް މަޖިލީހަށް ހުށައަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ފަރަތުން އޭސީސީއާ ބައްދަލުކުރުމަށް މަޖިލީހުގެ ކޮމިޓީގައި ބޭއްވުނު ބައްދަލު ވުމުގައި ޝާމިލް ވިދާޅުވީ  އޭސީސީ ހިންގަމުންދާ އިމާރާތުގެ ކުލި ކުޑަކުރުމަށް މަސައްކަތް ކުރުމަށް ނިމިދިޔަ އަހަރުގެ ބަޖެޓް ކޮމިޓީއިން ވަނީ އިރުޝާދު ދީފައިކަމަށެވެ.

ޝާމިލް ވިދާޅުވީ މިހާރު އޭސީސީގެ ކުލީގެ ގޮތުގައި ހިނގަމުންދާ 6.9 މިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މާކެޓްގެ އަގުތަކަށް ބަލާއިރު އޭސީސީ އިން މިވަގުތު ބޭނުންކުރަމުންދާ ޖާގައަށް ވުރެ ބޮޑު ޖާގައެއް މިހާރުގެ ކުއްޔަށް ވުރެން ކުޑައަގުގައި ހޯދޭނެ ގޮތްތައް އެބަހުރި ކަމަށެވެ.

ޝާމިލް ވިދާޅުވީ މިވަގުތު އެކަން ކުރުމަކީ ދަތިކަމެއް ކަމަށެވެ. ސަބަބަކީ އެކަން ކުރުމަށްވެސް އިތުރު ފައިސާ ބޭނުންވާތީ ކަމަށެވެ.

ޝާމިލް ވިދާޅުވީ ނެޝަނަލް ލެވެލްގައި އެންޓީ ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް މުއައްްސަސާތަކާއި އެކު ފެށިފައިވާ ކަމަށެވެ.

އޭސީސީ އިން ވަނީ އެސެޓް ރިކަވަރީ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ބޭނުންވާނެ މައިގަނޑު ހުރިހާ ކަމެއް ދެނެގަނެފައި ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ހުރިހާ މުވައްސަސާތަކާއި އެކު މަސައްކަތް ކޮށް ސަރުކާރުގެ ކަމާ ގުޅުންހުރި މިނިވަން މުއައްސަސާތައް ހިމެނޭހެން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި ގާނޫނެއް އަލަށް ތައާރަފްކުރާނަމަ އެކަން ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ ކުށްތައް ހިނގަނީ އިމެއްގެ ތެރޭގައި ނޫން ކަމަށެވެ. އެހެންކަމުން ގައުމެއްގެ އިން ފަހަނައަޅައި އެހެން ގައުމުތަކަށް އޭގެ އެސެޓް  ގެންދާ ކަމަށް ޝާމިލް ވިދާޅުވިއެވެ. މެލޭޝިޔާ އަކީ އޭގެ މިސާލެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

މެލޭޝިޔާގައި ހިނގި އަން އެމްޑީބީ ކޭސްގައި އެސެޓް ރިކަވަރ ކުރަން މެލޭޝިޔާގެ ތަޖުރިބާއަކީ އެމެރިކާ ފަދަ އެހެން ގައުމުތަކުގެ އެހީގައި ކުރި މަސައްކަތަކީ އޭގެން ފިލާވަޅު ލިބިގަންނަން ޖެހޭ މަސައްކަތެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ހޯދުމަށްޓަކައި އޭސީސީ އިން ވަނީ މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަން އޭޖެންސީ އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކުރެވިފައި ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި ދެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުއެކީ މަސައްކަތް ފަށާފައިވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭޝިޔާގެ ގައުމުތަކުގައި ހުރި މުހިއްމު ދިމަދިމާލުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަމަށް ޝައްކު ކުރެވޭ ކަންތައްތަކެއް އެކުލެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން ތައިލެންޑް ފަދަ ގައުމުތަކުގައި އެފައިސާ ހުރިތޯ ބެލުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: