ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުތަކަަށް ނަހުލާގެ ރައްދު: މައްސަލަ ހުށަހެޅީ ޒާތީ ގޮތުން، ޖަވާބުދާރީވާން ތައްޔާރު!

މިނިސްޓަރު ނަހުލާ. ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފައިވާ ސީޓީގައި ވަނީ ކީކޭކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އޭސީސީއަށް އާއްމު ފަރާތަކުން ހުށައަޅާފައިވާ މައްސަލައިގައި ނަހުލާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ މަންފާ ހޯދަމުންދާކަމުގެ ތުހުމަތެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކޮށްދިނުމުގައި ނާޖައިޒު ގޮތުގައި ބޭނުންކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ނަހުލާއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ކުރުމަކާ ނުލައި ބަލައިގަނެ ޖަވާބު ދިނުމާއި ސިއްރިއްޔާތުގައި އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި ކޮންމެ ހިދުމަތަކާއެކު ހުށައަޅާ ފޯމުގައި ނަހުލާ ހުއްދަދީގެން ކަން އެންގުމުގެ ގޮތުން ކޮންމެ ފޯމެއްގެ އަރިމަތީގައި ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާ ކަމަށް ލިޔެފައިވާ ކަމަށްވެސް އޭސީސީ އަށް ހުށައެޅުނު މައްސަލައިގައި ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓަރަށް ހުށަހަޅާ ސިޓީ ތަކުގައި އެކުންފުނީގެ ތައްގަނޑު ޖަހާފައިވާ ކަމަށް ވެސް މައްސަލައިގައި ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން “ސަންގު” އިން ސުވާލުކުރުމުން ޒާތީ ކަމެއްގެ ގޮތުގައި މިކަން ސިފަކުރައްވާ، މިނިސްޓަރު ވިދާޅުވީ ގާނޫނާއި ހިލާފަށް އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށާއި، އަދި މިނިސްޓްރީގެ ތެރެއިންވެސް މިފަދަކަމެއް ހިންގުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. އަދި އެފަދަކަމަކަށް މަގުފަހިވާ ގޮތަށް އަމަލުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާނެކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ނަހުލާ ވިދާޅުވީ މައްސަލައިގައި ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށާއި، އަދި ހާޒިރުވާންޖެހިއްޖެ ތަނަކަށް ހާޒިރުވެސްވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ ތެރޭގައި ގޯސްކޮށް ހިނގާކަންކަން އިސްލާހު ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަން ބަޔަކު މީހުން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވާނެ ކަމަށާއި އަދި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާއި ގުޅިގެން ޒާތީ ގޮތުން ޖައްސާލައިގެން ހަގީގަތެއް ނެތް މައްސަލަތައް ހުށަހެޅި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ހަގީގަތެއް ނެތް މިފަދަ މައްސަލަތައް ހުށަހަޅައިގެން މަސައްކަތް ކުރަނީ އަބުރުކަތިލުމަށެވެ. އަދި ގިނަ ފަހަރަށް މައްސަލަތައް ހުށަހެޅި ތަހުގީގު ކުރެވި ކުށެއް ނެތްކަން ސާބިތުވާއިރު އޮންނަނީ އެ މީހެއްގެ އަބުރު ގެއްލިފައި ކަމަށާއި މިއީ ވަަރަށް ދެރަ ކަމެއް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަނާއާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ނިންމަވައި ދިނުަށް އެދިވަޑައިގަންނަވާ ކަމަށާއި ތަހުގީގަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމަ ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެކަމަނާ ވަނީ ދާދި ފަހުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި މިއީ އަލަށް ކުރެވޭ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރެވެއެވެ. ޝީމާޒް އަސް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ގަވައިދާއި ހިލާފަށް ވެހިކަލްތައް ރެޖިސްޓްރީކޮށް، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ބައެއް މީހުންނަށް ނާޖާއިޒް ފައިދާ ނަގާފައިވާކަމުގެ ތުހުމަތާއި މިނިސްޓްރީގެ ބައެއް އިސްވެރިންގެ އަބުރު ކަތިލެވޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދާކަމުގެ ތުހުމަތު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: