ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް އެމެރިކާއިން ރާއްޖެއަށް ޑިވެލޮޕްމެންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމެންޓް (ޑީއޯއޭޖީ) ގެ ދަށުން އިތުރު ތިން މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލެވެ. އަދި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރ ގެބެރިއަލް ގްރާއުއެވެ.

ޔޫއެސް ސަރުކާރުގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި ފޮރިން މިނިސްޓްރީ ދެމެދު ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރިމަންޓަށް އިސްލާހެއް ގެނެސް އިތުރު ތިން މިލިއަން ޑޮލަރު ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެއްބަސްވުމާއި ގުޅޭގޮތުން ޔޫއެސްއޭއައިޑީގެ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރް ވިދާޅުވީ އެއްބަސްވުމުގެ ތެރެއިން ދެ ގައުމުން އިސްކަން ދޭ ކަންތައް ކުރިއެރުވުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެކު ފުޅާވެ ކުރިއަރަމުން ދާ ގުޅުމުގެ ހަރުދަނާ ހެއްކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާ އާއި ރާއްޖެ ދެމެދު ވެފައިވާ މި ބައިލެކްޓްރަލް އެހީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއި ކުރީ 2019، މާޗް 12 ގަ އެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ރާއްޖެއަށް 28 މިލިއަން ޑޮލަރަށް ވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައިކަން ފާހަގަކުރެވެ އެވެ. އަދި މި އެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި ގާނޫނީ ބާރުވެރިކަން ހަރުދަނާ ކުރުމާއި ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކުރުމަށް އެހީވުމާއި ތިމާވެށި ރައްކާތެރި ކުރުން ހިމެނެ އެވެ.

މިއަދާއި ހަމައަށް ޔޫއެސްއޭއައިޑީ އާއި އެކު ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތައްކޮށްފައިވާ މަސައްކަތްތަކުން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މީގެތެރޭގައި ބަލިމަޑުކަމުން އަރައިގަނެ، ގައުމު އާރާސްތު ކުރުމުގައި ހެއްކަށް ބިނާކޮށް ކަންކަން ނިންމުމަށް އެހީވުމާއި އަދި އައްޑޫ އާއި ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމުގެ މަސައްކަތްތަކާއި އަދި އެހެނިހެން ކާމިޔާބީތައް ހިމެނެ އެވެ.

ޔޫއެސްއޭއައިޑީން ދަނީ ތިމާވެށީގެ ވިލުންވެރިކަމާއި އިގްތިސާދީ އަދި ޑިމޮކްރެޓިކް ރިފޯމާއި މަދަނީ ޖަމިއްޔާ ޖަމާއަތްތައް ކުރިއެރުވުމަށް ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންކަން ފާހަގަކުރެވެ އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޔޫއެސްއޭއައިޑީގެ ބިއުރޯ އޮފް އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުގެ އިތުރުން ޔޫއެސްއޭއައިޑީގެ މިޝަން ޓު ދަ މޯލްޑިވްސްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.​

ވަރަށް ގަދަ
22%ވަރަށް ގަދަ 78%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: