ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ރާއްޖެއަށް: ދައުވަތު ދިނީމަ އެއްވެސް މީހަކު ފޯރަމުގައި ބައިވެރިނުވުމަކީ ހިތާމަވެރިކަމެއް

ޗައިނާ ރާއްޖެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ- އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމެންޓް އެންޑް ކޯޕަރޭޝަންގައި ދިވެހިރާއްޖޭގެ ސަރުކާރުން ބައިވެރިނުވުމަކީ ހިތާމަވެރިކަމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ސަރަހައްދީ އެއްބައިވަންތަކަން ކުރިއަރުވައި ނޫ އިގްތިސާދު ކުރިއެރުވުމަށް އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ބިނާ ކުރުމަށް ދިމާވާ ދަތިތައް ހަލު ކުރުމަށް ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އެޖެންސީ އަދި ޕީޕަލްސް ގަވަރމެންޓު އޮފް ޔުނާން ޕްރޮވިންސް އޮފް ޗައިނާ ގުޅިގެން ހިންގި މި ފޯރަމްގެ ޝިއާރަކީ ”ޝެއަރޑް ޑިވެލޮޕްމެންޓު: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީ“ އެވެ.

ޗައިނާ އިން ބުނެފައިވާގޮތުން މި ފޯރަމްގައި އެކި ގައުމުތައް ގުޅިގެން އިގްތިސާދު ކުރިއެރުވުމާއި ގުޅޭގޮތުން ވާހަކަދައްކާނެއެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކާނެކަމަށްވުމުން މި ފޯރަމުން ރާއްޖެއަށް ފައިދާތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެ ގައުމުން ބުނެފައިވެއެވެ.

ޗައިނާ އިން ބުނެފައިވާގޮތުން އެ ގައުމުންވަނީ އެ ސަބަބުތަކާއި ގުޅިގެން ރާއްޖެއަށް ފޯރަމްގެ ދައުވަތު އަރުވާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ފަރާތުން އިލްމުވެރިޔަކުވެސް ބައިވެރިވެފައިނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ބަޔާނުގައި އެ ގައުމުންވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ފޯރަމްގައި ބައިވެރިވުމާއި އެކު ދިވެހި ސަރުކާރުން ނެރިފައިވާ ބަޔާނަށްވެސް ރައްދު ދީފައެވެ. އެ ގައުމުން ބުނެފައިވާގޮތުން ރައީސް ވަހީދު އެ ފޯރަމްގައި ބައިވެރިވެލެއްވީ މަޝްހޫރު އިލްމުވެރިއެއްގެ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.

ޗައިނާއިން ބުނެފައިވާގޮތުން މި ފޯރަމްގެ ތެރެއިން އެ ގައުމުންވަނީ ސުނާމީ އެރުން ފަދަ ކަންކަމުގެ ސަބަބުން ދިމާވާ ދަތިތައް ކުޑަ ކުރުމަށް ފޯރަމްގެ ބައިވެރިން ގުޅިގެން މަސައްކަތް ކުރާނެ އުސޫލެއްވެސް ހުށައަޅާފައެވެ. އަދި އެ ގައުމުން އެކަމަށް ބޭނުންވާ މާލީ އެހީ އަދި ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: