ގދ. ތިނަދޫއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަށް އެއްވެސް ތަރުހީބެއް ނުލިބޭކަމަށް ވިދާޅުވެ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު އެމަނިކުފާނަށް މަލާމަތް ކުރައްވައިފި އެވެ.
ސަރުކާރާއި ދެކޮޅުވެ، ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާތީ ރައީސާއި އަރިސް މެމްބަރުން ގެންދަވަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އެބޭފުޅުން ދެކޭ ގޮތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހިޔާލުތަފާތުވީ އެމަނިކުފާނު ބޭނުން ގޮތަކަށް ސަރުކާރު ނުހިންގުމާއި، ސަރުކާރަށް ތާއީދު އިތުރުވަމުން ދާތަން ފެނި އެވެ. ހާއްސަކޮށް ރައީސް ސޯލިހަށް ރައްޔިތުން އިތުރު ދައުރެއް ދޭން ބޭނުން ވާތީ، އެމްޑީޕީގެ ތެރެއިން އެހެން މެބްރަކަށް ތާއީދު އިތުރުވާތަން ބަލަން ރައީސް ނަޝީދަށް ކެތެއް ނުވާނެކަމަށް ތުހުމަތު ކުރި އެވެ. 2023 ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ވެސް ގެންގުޅުއްވާ ރައީސް ނަޝީދު ބޭނުން ވަނީ، ވެރިކަމަށް އައިސް ބާރުތައް ޖަމާކުރުމަށްކަމަށް މަޖިލީހުގެ ތަޅުމުގައި އެމަނިކުފާނަށް އަމާޒުކޮށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި، އެމަނިކުފާނަށް މީގެ ކުރިން އޮތް މިންވަރަށް ތާއީދު ނެތި އެ ގެއްލެން ދިމާވީ ވެސް އަމިއްލަފުޅު އަމަލުތަކުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފަ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމެރީއަކުންނެވެ. އަދި އިދާރީ މަސައްކަތްތަކަށް ފަހު، ތާރީހަކާއި އުސޫލުތައް އާއްމު ކުރާނެކަމަށް ޕާޓީން ބުނެފައި ވަނިކޮށް ރައީސް ނަޝީދު ޕްރައިމެރީއާއި ގުޅުން ހުރި މަސައްކަތްތަކަށް މި ހަފްތާގައި ގދ. ތިނަދޫއަށް ވަޑައިގަތެވެ. އޭގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތީން ރައީސް ނަޝީދު ވަނީ، ވައުދުތައް ނުފުއްދައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ނުވާނެކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެމަނިކުފާނު ގޮވާލީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު ދޫކޮށްލެއްވުމަށެވެ.
ތިނަދޫގެ ދަތުރުފުޅަށް މާބޮޑު ތަރުހީބެއް ނުލިބޭކަމަށް ބުނެ ސަރުކާރު މެމްބަރުން ރައީސް ނަޝީދަށް މަލާމާތުގެ ބަސްތައް ރައްދު ކުރި އެވެ. އަދި ފަަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި އެންމެ ފާޅުކަން ބޮޑު ގޮތަކަށް ރައީސް ނަޝީދަށް ފާޑުވިދާޅުވާ ދުވާފަރު ދާއިރާ މެމްބަރު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވި މީހުންނާއި ރަށުގައި ބޭއްވި ޖަލްސާއަށް ހާޒިރު ވި މެމްބަރުން މަދުވުމުން އެކަމަށް މަލާމާތުގެ ރާގަކަށް ޓުވީޓު ކުރައްވާފަ އެވެ.
ރައީސް ނަޝީދު އަދި ގދ. ތިނަދޫގެ ވެސް ނަން ބޭނުން ނުކޮށް އިސްމާއިލް ކުރި ޓުވީޓުގައި ހިމަނާފައިވާ ޕޯސްޓެއްގައި ވަނީ ރަށުގެ އާބާދީއަކީ 10،000 މީހުން ނަމަވެސް ބަނދަރަށް އެއްވީ 134 މީހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އާބާދީގެ 1.34 އިންސައްތަ އެވެ. އެއަށް ފަހު ހަރުގެ ޖަލްސާއަށް އަމާޒުކޮށް ވިދާޅުވީ، އާބާދީގެ ނިސްބަތުން 10،000 މީހުން ދިރިއުޅޭ ރަށެއްގައި ރޭގަނޑުގެ ބައްދަލުވުމަށް އައީ 58 މީހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އާބާދީގެ އެންމެ 0.58 އިންސައްތަ އެވެ.
މި ހިސާބުތަކާއި އެކު އިސްމާއިލް ވަނީ ލަދުގަތުން ނުވަތަ ރަކިވުމުގެ މާނައެއް ލިޔުއްވާފަ އެވެ. އެ ޓުވީޓުގައި ވަނީ މި ސިފަތަށް ފިތުނަވެރިންނާއި، މަކަރުވެރިންނާއި، ހަސަދަވެރިންގެ އަމަލުގައި ނުހުންނާނެކަމަށް ބުނާތީ އަޑުއިވޭ ކަމަށެވެ. އަދި އެއީ އަސްލަށް ވެސް ބައެއް މީހުންގެ ކިބައިގައި ނެތް ސިފައެއްކަން ސާފުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަދުގަތުން/ރަކިވުން – މި ސިފަތަށް ފިތުނަވެރިންނާއި، މަކަރުވެރިންނާއި، ހަސަދަވެރިންގެ އަމަލުގައި ނުހުންނާނޭ ބުނާ އަޑެއް، މީގެ ކުރިން އިވިފައި އޮތީ!
ލަދުގަތުން/ރަކިވުން – އެއީ އަސްލަށްވެސް އެބައި މީހުންގެ ކިބައިގައި ނެތް ސިފައެއްކަން މިއަދު ވަރަށް ބޮޑަށް ސާފުވެއްޖެ🤦♂️ pic.twitter.com/b3qipc9YgU
— Ismail Ahmed (@N4Isse11) December 3, 2022
ރައީސް ނަޝީދަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހުގައި އެެންމެ ބޮޑަށް ފާޑުކިޔާ މެމްބަރުންގެ ތެރޭގައި ހިމެނެނީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި ފޭދޫ ދާއިރާގެ މެމްބަރު ނިހާދާއި، އިސްމާއީލެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުން ބޮޑެވެ، ރައީސް ނަޝީދުގެ ޝަކުވާތަކާއި އެކު މެމްބަރުން މުލިއާގޭގައި ރައީސް ސޯލިހާއި ބައްދަލުކޮށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ހުށަހެޅި އެވެ. އެބޭފުޅުން ވަނީ، މެމްބަރުން ބޭނުން ވާނަމަ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެކަމަށާއި، އެކަމަށް ބޭނުންވާ ސޮއި ހަމަވާކަމަށް ވެސް ވިދާޅުވެފަ އެވެ.


2 Responses
ސަރުކާރެއް މިހާރަކުނެތް އިބުރާހިމަކައް ދެވަނަ ދައުރެއް ދެވޭކައްނެތް ތަކެތީގެ އަގު އަތްނުފޯރާ އިންފްލޭޝަން ދަނީ ހމައްޗައް ދަރަނި މައްޗައް ދަރަނި ސަފީރުންގެ ސަފީރުން މަގާމުތަކައް ލައިގެން އެމީހުންގެ ޅިޔަނުފަހަރިން ގެންގޮސްގެން ހަޒާނާއިން އަޗާތަޅަނީ މަސްވެރިކަން ހަލާކުކޮއްފި ފުރަގަހުން އައިސްވިލެޓު ކޮޅާސަރުކާރެއް މިނޫނީ ނުދެކެން
ސޯލިޙް އަކަށް ދެވަނަ ދައުރެއް ނުލިބޭނެ ، މީ ހަމަ ހޭގަ ހުރެ އަހަރުމެން މިއަދު ބުނާނެ އެއްމެ ސާފު ވާހަކަ.